Sunday, 26 July 2026
Ads by

”މަޖިލިސް ތަޅުމުގައި އެމްޑީޕީން އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަން“

”މަޖިލިސް ތަޅުމުގައި އެމްޑީޕީން އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަން“

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިސް ތަޅުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަޒާން މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ދީފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލިހުގެ ތަޅުމުގައި އިއްޔެ ހަމަނުޖެހުން ހިންގުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އަޒާން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން ކަމަށާއި އެއީ މުޅި މަޖިލީހުގެ 13 އިންސައްތަ ކަމަށެވެ. އަދި ކޮމިޓީތަކުގެ 13.7 އިންސައްތަ ޖާގަ އެމްޑީޕީއަށް ދީފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތައް ކުރާ މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އަދި އިގްތިސާދީ ކޮމިޓީގެ 27 އިންސައްތަ ޖާގަ އެމްޑީޕީއަށް ދެވިފައިވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިއްބެވި އަދަދަށް ބަލާއިރު މި ދެ ކޮމިޓީން އަސްލު އެމްޑީޕީއަށް ދޭން ޖެހޭނީ އެންމެ ޖާގައެއް ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. އަޒާން ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ އަށް މެންބަރުން ތިއްބެވިއިރު އެއީ އެ މަޖިލީހުގެ 10 އިންސައްތަ ކަމަށާއި ނަމަވެސް، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެ އޭރުގެެ އިދިކޮޅަށް ކޮމިޓީތަކުން ދީފައިވަނީ ކޮމިޓީތަކުގެ އެންމެ އަށް އިންސައްތަ ކަމަށެވެ.

ސޯބެއަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ހުރިހާ މެންބަރުންގެ ނަން އިއްވުމަށްފަހު ތަޅުމުން ބޭރަށް ނެރުނެވެ. އަދި އެއަށްފަހު މީޑިއާތަކަށް އެ ބޭފުޅުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ސޯބެ ހިމަނާފައިވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގައި ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި