Wednesday, 9 September 2026
Ads by

”ކޮމިޓީތަކުން އެމްޑީޕީއަށް އޯގާތެރިކަމާއެކު ޖާގަދިނިން، އެކަމަކު އެއީ ކޮށްދޭ ހެޔޮ ކަންކަން ނުފެންނަ ބައެއް“

”ކޮމިޓީތަކުން އެމްޑީޕީއަށް އޯގާތެރިކަމާއެކު ޖާގަދިނިން، އެކަމަކު އެއީ ކޮށްދޭ ހެޔޮ ކަންކަން ނުފެންނަ ބައެއް“

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަދީފައިވާނީ އޯގާތެރިކަމާއެކުގައި ކަމަށާއި ނަމަވެސް އެ ޕާޓީގެ މެންބަރުންނަކީ ކޮށްދޭ ހެޔޮ ކަންކަން ނުފެންނަ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ފަލާޙް މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ދީފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލިހުގެ ތަޅުމުގައި އިއްޔެ ހަމަނުޖެހުން ހިންގުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ފަލާޙު ވިދާޅުވީ، މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލީހުގެ ގަވައިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭ މިންވަރަށް ވުރެ އޯގާތެރިކޮށް ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށާއި ނަމަވެސް، އެމްޑީޕީއަކީ ކޮށްދޭ ހެޔޮ ކަންކަން ނުފެންނަ ބައެއް ކަމަށެވެ.

ފަލާޙު ވިދާޅުވީ، ގަދަ ބާރުން ކަންކަން ކުރަން ނޫޅެ ގާނޫނާއި ގަވާއިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސް ކުރަންޖެހޭ ކަމަށެވެ. އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ކުރު ގޮތަކަށް ރައްދު ދެއްވަމުން ފަލާޙު އިތުރަށް ވިދާޅުވީ ބޮޑު ބަދަލު އޮފީސް ގާއިމުވި ފަހުން އަދި ހެޔޮ ބަދަލެއް ނުފެންނަ ކަމަށެވެ.

ސޯބެއަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ހުރިހާ މެންބަރުންގެ ނަން އިއްވުމަށްފަހު ތަޅުމުން ބޭރަށް ނެރުނެވެ. އަދި އެއަށްފަހު މީޑިއާތަކަށް އެ ބޭފުޅުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ސޯބެ ހިމަނާފައިވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގައި ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި