Wednesday, 9 September 2026
Ads by

މަޝްރޫތައް ހުއްޓާލި ކަމަށް ބުނެ ހަދަނީ ދޮގު، އަޅުގަނޑުމެންނަކީ ތަރައްގީގެ މީހުން: ރައީސް

މަޝްރޫތައް ހުއްޓާލި ކަމަށް ބުނެ ހަދަނީ ދޮގު، އަޅުގަނޑުމެންނަކީ ތަރައްގީގެ މީހުން: ރައީސް

ރައީސް މުޢިއްޒު: ކުރީގެ ސަރުކާރުން ހިންގަން ފަށާފައިވާ މަޝްރޫތައް ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ވިދާޅުވި - ފޮޓޯ:ޕީޕީއެމް

ކުރީގެ ސަރުކާރުން ހިންގަން ފަށާފައިވާ މަޝްރޫތައް ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި އޭރު ހުއްޓިފައިވާ ގިނަ މަޝްރޫތައް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކުރިން ހިންގަމުން އައި މަޝްރޫތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ ވާދަވެރި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ އެ ފަރާތްތަކުން އެމަނިކުފާނާ ދެކޮޅަށް ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވާހަކަ ކަމަށެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ފާހަގަކުރާ މަޝްރޫތައް ހުރީ ހުއްޓިފައި ކަމަށާއި އެކަމަށް ރަށްރަށުގެ ރައްޔިތުން ހެކި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”މަދު މަޝްރޫއެއް ނޫނިއްޔާ ގިނަ މަޝްރޫތައް ހުރީ އެކި ސަބަބުތަކާ ހެދި ހުއްޓިފައި. އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ހޮޅިތައް މަގުމަތީގައި، މަސައްކަތް ކުރާނެ މީހަކު ނެތް. މަގު ހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. ބަނދަރުތަކުގެ މައްސަލަ، ސްކޫލްތަކުގެ އިމާރާތްތައް ފަށާފައި އޮނިގަނޑުން ކޮންމެވެސްވަރެއް ނިންމާލާފައި އަހާލީމަ މީގެ ދެ އަހަރުކުރިން ހުއްޓިފައި ކަމަށް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ އޭރު ކަންކޮށްފައިވާ ގޮތަކީ ތިން ހަތަރު ފަހަރު މިގޮތަށް ހުއްޓިފައި ހުރި މަޝްރޫތައް އެކި ފަރާތްތަކަށް ހަވާލުކުރުން ކަމަށެވެ. އަދި އެތައް ބަޔަކަށް ފައިސާ ނުދީ ހުރި ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ހުއްޓިފައިވާ މަޝްރޫއުތައް ފަށާފައި ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން އައިއްސަ މަސައްކަތް ފެއްޓުވީ. އެކަމަކު ވާހަކަ ދައްކަނީ ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫތައް ހުއްޓާލީއޭ. މިއީ ރައްޔިތުން ސަމާލުވާން ޖެހޭ ދޮގު ހަދާ ގޮތަކީ އެބޭފުޅުން. މިގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަމުން މި ދަނީ އެބޭފުޅުން. އަޅުގަނޑުމެންނަކީ ތަރައްގީގެ މީހުން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ ނަތީޖާ ނެރެދެއްވަން ކަމުގައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫތައް ހުއްޓާލާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކައަކީ ސަރުކާރުގެ ސިޔާސަތާއި ވިސްނުމާއި ފިކުރާ ދިމާ އިދިކޮޅަށް ދައްކާ ވާހަކައެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި