Sunday, 26 July 2026
Ads by

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫ: މިނިސްޓަރު ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫ: މިނިސްޓަރު ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ޕްރައިމަރީ އިންޑަސްޓްރީގެ ވަޒީފާތަކަށް ދިވެހިން ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ ހިމެނޭ ކަމަށެވެ.

”ޕްރައިމަރީ އިންޑަސްޓްރީގެ ވަޒީފާތަކަށް ދިވެހިން ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި. ވަކިން ހާއްސަކޮށް މަސްވެރިކަން. މަސްވެރިކަމަކީ ވަރަށް ޔުނީކް މަސައްކަތެއް. އަދި އަޅުގަނޑުމެން މި ކުރާ ހޭންޑް ލައިން އަދި ޕޯލް ލައިން މަސްވެރިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ނުކުރާ މަސްވެރިކަމެކޭ ބުންޏަސް ކުށަކަށް ނުވާނެ. ކުރޭ އެކަމަކު ނިސްބަތުން ވަރަށް މަދު،“ – ޝިޔާމް ވިދާޅުވިއެވެ.

ކަން މިހެން އޮތުމާއެކު މަސްވެރިކަމުގެ ސިނާއަތަށް ދިވެހި ޒުވާނުން ނެރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ސިނާއަތަށް ޒުވާނުން ނެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަސް ޒުވާނަކު ރާއްޖޭގައި އެންމެ ރަނގަޅަށް މަސްވެރިކަންކުރާ ފަސް ދޯންޏަކަށް އަރުވައިގެން ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ފަސް ޒުވާނުން މަސްވެރިކަމުގައި މިހާރު ދެމިތިބި ކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު ޒުވާނުންނަށް އެ ޕްރޮގްރާމް ހިންގަން ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ތުއްތުބެ
ތުއްތުބެ
1 މަސް ކުރިން

މަސްވެރިކަމުގެ ސިނާޢަތެއް މި ޤައުމުގަ އެބައޮތްތަ؟ ހުރިހާ މަސްވެރިންނަށް ބޭކާރު ސިޔާސީ ވަޒީފާތައްދީގެން މަސްވެރިކަމުގެ ސިނާއަތު ކަލޭމެން އިނދަޖައްސާލައިފި. ގިނަ މަސްވެރިއުޅަނދުތައް ނެތިގެން ހިގައްޖެ ސިޔާޔާޔާޔާމޫމޫމޫ. ދެން ރަނގަޅުވާނީ ތިޔަ މިނިސްޓްރީވެސް އުވާލީމަ.

Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި