Wednesday, 9 September 2026
Ads by

މޯލްޑިވިއަނުން އައްޑޫ އާއި ކޫއްޑޫ އާ ދެމެދު ސީދާ ދަތުރުތައް ފަށަނީީ

މޯލްޑިވިއަނުން އައްޑޫ އާއި ކޫއްޑޫ އާ ދެމެދު ސީދާ ދަތުރުތައް ފަށަނީީ

މޯލްޑިވިއަންގެ ބޯޓެއް: އައްޑޫ އާއި ކޫއްޑޫ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ވަނީ ނިންމާފައި - ފޮޓޯ:އޭޓީއާރު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫ އާ ދެމެދު ފެށުމަށް ނިންމައިފިއެވެ.

Ad Image
Ads by

މޯލްޑިވިއަނުން ބުނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ކޫއްޑޫ އެއަރޕޯޓާ ދެމެދު ދަތުރުތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ގަމުން ކޫއްޑޫއަށް އަދި ކޫއްޑޫއިން ގަމަށް ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮންމެ ހަފުތާއަކު ވެސް ދަތުރުތައް ބާއްވާނީ:

  • އައްޑޫއިން ކޫއްޑުއަށް: ކޮންމެ އަންގާރަ ދުވަހެއްގެ މެންދުރު 11:55 ގައި
  • ކޫއްޑޫއިން އައްޑޫއަށް: ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 5:30 ގައި

މޯލްޑިވިއަނުން ބުނެފައި ވަނީ މި ދަތުރުތަކަކީ ދެކުނުގެ ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފަށާ ދަތުރުތަކެއް ކަމަށެވެ.

އަލަށް ފަށާ މި ދަތުރުތަކާ އެކު ދިވެހިންނާއި ޓޫރިސްޓުންނަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަވާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއަރލައިނުގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޓިކެޓިން އޮފީސްތަކުން ބުކިން ހެއްދޭނެ ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި