Wednesday, 9 September 2026
Ads by

”ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅަން“

”ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅަން“

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައިނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝަފީޢު މި މޭރުމުން ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ސަބަބުން އެ ދާއިރާގެ މުވައްޒަފުންނަށް ކުރީ ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ޝުޖާއުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް، އަދި އެއްވެސް ޕްރިންސިޕަލަކާ މެދު ވެސް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާނެ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، 23 ޕްރިންސިޕަލަކު ތިބީ އެ މީހުން ތިބެންޖެހޭ ރަށްރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައި ކަމަށާއި މިހާރު އެ ހުރިހާ ކަމެއް ރަނގަޅުކޮށް އެ މުވައްޒަފަކު ހުންނަންޖެހޭ ރަށެއްގައި އެ މުވައްޒަފަކު ބަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ކަމަށް ޓީޗަރުންގެ ފަރާތުން 200 އަށްވުރެ ގިނަ ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި