Wednesday, 9 September 2026
Ads by

ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ: ޚުޠުބާ

ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ: ޚުޠުބާ

ދަރުސް ޕްރޮގްރާމެއް: ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ރަމަޟާން މަހަށް ފަހު ހެޔޮޢަމަލުތައް ކުރުން މަތީ ދެމިތިބުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައި ވަނީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢު ކިޔަނީ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކުވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށެވެ. އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށްފަހުގައި ވިޔަސް، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން ކަމަށެވެ. އަޅުކަން ކުރުމަކީ އަހަރެމެން ޚަލްޤުކުރެއްވުމުގެ މަޤްޞަދު ކަމަށެވެ.

އަޅުކަން ކުރުމަކީ ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ރަމަޟާން މަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުވެސް ވެރި ﷲ ކަމަށެވެ. މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫން ކަމަށެވެ. މުޅި ޙަޔާތުގައި އަޅުކަން ކުރަން ޖެހޭނެ ކަމަށެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވާ ކަމަށާއި ރަމަޟާން މަހަކީ އެފަދަ މޫސުމެއް ކަމަށެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަަމަށެވެ.

ހުކުރު ޚުޠުބާގައި ބުނި ގޮތުގައި މުސްލިމަކު ހެޔޮޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމުގައެވެ. ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައި ކަމުގައެވެ. ހެޔޮކަމަށް އެދޭ މީހަކަށް ވުމަށާއި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފައި މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަތުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

”ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އެކަމަށް އަވަސްވެ ގަންނާށެވެ! އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ އެ ދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައެވެ.“

ނިމިގެންމިދާ ރަމަޟާން މަހު ޢަމަލުތައް ހުރިގޮތާމެދު ވިސްނާލުމަށާއި ޤަވާއިދުން ފަރުޟު ފަސް ނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާން މަހަށް ފަހުގައި ވެސް ދެމެހެއްޓުމަށާ އަދި ކޮންމެ ދުވަހަކުވެސް ޤުރްއާނުން ޞަފްޙާއެއް ކިޔެވޭތޯ ބެލުމަށް ޚުޠުބާގައި ވަނީ އެދިފައެވެ.

ހެޔޮޢަމަލު ކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލުމަށް އެދި މިއަދުގެ ޚުޠުބާގައި ބުނީ އެއީ ނަބަވީ މަންހަޖު ކަމަށެވެ. ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ ގިނަގުނަ ޢަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަަމަށެވެ. ކުރެވުނު ހެޔޮޢަމަލަށްޓަކައި ބޮޑާވެ، އެއީ މާގިނަ ހެޔޮޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށެވެ.

”އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ.“

ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނުވަތަ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން ވިޔަސް ސުންނަތް އަޅުކަމެއް ދޫވެއްޖެ ނަމަ، އެކަމެއް ފިލައި ދިއުމުން އެ އަޅުކަމެއް ކުރުމަށް އަވަސްވާން ޖެހޭކަން ފާހަގަކޮށް ޚުޠުބާގައި ވަނީ ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ޘަވާބު، ﷲ ތައާލާ ފުރިހަމައަށް ދެއްވާނެ ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި