Wednesday, 9 September 2026
Ads by

4 މައިދާނެއްގެ އިތުރުން 22 މިސްކިތެއްގައި އީދު ނަމާދު ކުރާނެ

4 މައިދާނެއްގެ އިތުރުން 22 މިސްކިތެއްގައި އީދު ނަމާދު ކުރާނެ

މާފަންނު ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ: ހަތަރު މައިދާނެއްގެ އިތުރުން 22 މިސްކިތެއްގައި އީދު ނަމާދު ކުރާނެ - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މާލޭ ސަރަހައްދުގެ ހަތަރު މައިދާނެއްގެ އިތުރުން 22 މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ކޮންމެ އަހަރެއްގައި ވެސް އީދު ނަމާދު މިސްކިތްތަކުގެ އިތުރުން ހުސް މައިދާންތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މި އަހަރު މާލެ ސަރަހައްދުގެ 22 މިސްކިތްތަކާ އަދި ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މާލޭ ސިޓީގެ 16 މިސްކިތެއްގަ އާއި ވިލިމާލޭގެ އެއް މިސްކިތުގައި އީދު ނަމާދު ކުރާ ގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތުގަ އަދި ދެވަނަ ފިޔަވަހީގެ ދެ މިސްކިތުގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ ތަންތަން:

  • މާފަންނު ސްޓޭޑިއަމް
  • ވިލިމާލެ ފުޓްބޯޅަ ދަނޑު
  • ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު
  • ހުޅުމާލެ ދެވަނަ ފިޔަވަހި ކްރިކެޓް ދަނޑު

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާއަތް ކެންސަލްކުރަން ޖެހިއްޖެނަމަ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމުގައެވެ.

ރާއްޖޭގައި އާންމުކޮށް ދެ އީދު ނަމާދު ކުރަމުން އައިސްފައި ވަނީ ހެނދުނު 07:30 ގައި ނަމަވެސް މިފަހުން ސަރުކާރުން ވަނީ އެ ގަޑިއަށް ބަދަލު ގެނެސްފައެވެ. އަލަށް ގެނައި ބަދަލާ އެކު މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި