Wednesday, 24 July 2024
Ads by

ބީއެމްއެލުން ހިއްސާއަކަށް 50 ރުފިޔާ ބަހަން ހުށަހަޅަނީ

ބީއެމްއެލުން ހިއްސާއަކަށް 50 ރުފިޔާ ބަހަން ހުށަހަޅަނީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާރލް ސްޓުމްކަ: ބޭންކުގެ ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

މިދިޔަ އަހަރަކީ ބީއެމްއެލުން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މިގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ބީއެމްއެލުން މިއަދު ބުނީ މި ނަތީޖާ އާއެކު އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށް ނިންމާފައި ކަމަށެވެ.

“ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާ އާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،” – ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާރލް ސްޓުމްކަ

ކާރލް އިތުރަށް ވިދާޅުވެފައި ވަނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާ އާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކާރލް ވަނީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދިނުމަށާއި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާ އާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

“އަދި މި ފުރުސަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ހަމައެހެންމެ ބޭންކުން ކުރަމުންދާ މި ދަތުރުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ހިއްސާދާރުންނަށް ވެސް ޝުކުރުއަދާކުރަން،” – ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާރލް ސްޓުމްކަ

ބީއެމްއެލުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާއިރު، އެ ބޭންކުގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރައެވެ. ބޭންކުން ވަނީ 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Majlis_majilis4
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި
fayyaz4
ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
Ads by
މަގުބޫލު
report 1
ރައީސް ނަޝީދު އެމްޑީޕީން ވަކިވުން, ސިޔާސީ މަޝްރަޙަށް އައި އިންގިލާބީ ބޮޑު ބަދަލެއް!