ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އަހްމަދު އަޝްފާން އައްޔަންކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން ކަށަވަރުކޮށްދީފައެވެ.
އިމިގްރޭޝަނުގެ ޑެޕިއުޓީ ކޮންޓްރޯލަރކަމުގެ މަގާމަށް ހަމަޖެއްސި އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައެވެ.
މި މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް އަޝްރަފެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުޙައްމަދު ޝަމްޢާން ވަޙީދެވެ.
އަޝްފާންއަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ބޭބެއެވެ. އަޝްފާން ވެސް ވަނީ ގައުމީ ޓީމަށާއި ބައެއް ފުޓުބޯޅަ ކުލަބުތަކަށް ކުޅެފައެވެ.