Sunday, 26 July 2026
Ads by

”ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު، އެކަމާ މެދު އެއްވެސް ޝައްކެއް ނެތް“

”ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު، އެކަމާ މެދު އެއްވެސް ޝައްކެއް ނެތް“

އިކޮނޮމިކް މިނިސްޓަރު ސަޢީދު---

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، ޕާޓީގެ މެންބަރުންގެ ތާއީދު އެކަމުގައި އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕީއެންސީގެ ލީޑަރޝިޕާއި، ޕީޖީ އަދި މެންބަރުންގެ އޮތީ އެންމެ ވިސްނުމެއް ކަމަށެވެ. އެއީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަދުތައް ފުއްދެވުމާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިރާއްޖެއަށް ތަރައްގީއާއި ހަމަޖެހުން ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ، އަމާޒުތައް ހާސިލްކުރުމުގައި ހަވާލުކުރެެއްވި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ކޮށް ނަތީޖާ ނެރެދިނުން ކަމަށެވެ.

ސަޢީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ލީޑަރޝިޕުގައި ޕާޓީ ބޮޑުވެ އިތުރަށް ވަރުގަދަވެ، މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

”އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫއު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށް ވެސް އެންމެ ދެ އަހަރާއި ހަ މަހުން ވެއްޖެ. ރައީސް ޑރ. މުޢިއްޒުގެ ގާބިލް ލީޑަރޝިޕް މިވަރުން ޔަގީން ކަށަވަރު،“ – ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް މި ވަގުތު ވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ. އެގޮތުން، އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމޮކްރެޓްސް، އެމްޑީޕީ އަދި ޕީއެންއެފް ކޯލިޝަންގައި ވެރިއަކު ނުފެންނަ ކަމަށާއި އެ ކޯލިޝަނުން ފެންނަ މަންޒަރަކީ ނަފްރަތާއި ކެހިވެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި