Thursday, 12 February 2026
Ads by

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަަރައްގީކުރަން އެއްބާރުލުން ދިނުމަށް އާރުއޭސީއެލް އާއެކު ސިޓީ ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކުރުން - ފޮޓޯ:ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by MN Maldives

ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ ފަހުމުނާމާގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ. އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީނެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިން ހަމަޖައްސާފައި ވަނީ ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސްބިން “ބިޅިފޭށި” ސަރަހައްދުންނެވެ. މަޝްރޫއާ ގުޅޭގޮތުން ރަފީގް ވިދާޅުވީ ދެ އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން 12 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނީ ރީޖަނަލް އެއަރޕޯޓްސްއިން ކަމަށެވެ.

ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ މި މިފަހުމުނާމާގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއުތައް ރާވައި އެކަމާ ގުޅޭ މަޝްވަރާކުރުމަށް ސިޓީ ކައުންސިލާއި ރީޖަނަލް އެއަރޕޯޓްސްއިން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ފުވައްމުލައް އެއަރޕޯޓު ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރީޖަނަލް އެއަރޕޯޓްސްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ފެސިލިޓީތައް ހިމެނޭހެން މުޅި އެއަރޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އެއަރޕޯޓާ އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ލަފާކޮށްފައިވެއެވެ. އެ ކުންފުނިން ވަނީ އެކަމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މީގެކުރިން ފުވައްމުލައް ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
raees muiz
ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް މުޢިއްޒު
IMG_7480
މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް
WhatsApp Image 2026-02-11 at 20.48
ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި
WhatsApp Image 2026-02-11 at 20.48
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި
Ads by
މަގުބޫލު
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް