Ads by
ޚަބަރު
އިންތިހާބު ތޭވީސް: ވަގުތީ ނަތީޖާ 05:30 އިން ފެށިގެން އިއުލާނު ކުރަންފަށާނެ
އިލެކްޝަންސް ކޮމިޝަނުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން މިއަދު ހަވީރު 5:30 ގައި ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ މިއަދު ހެނދުނު އަށެއް ޖަހާއިރު ހުރިހާ ފޮޓެއްގައި ވޯޓުލުން ފަށާނެ ކަމަށެވެ.

އަދި ކިއުގައި އެއްވެސް މީހަކު ނެތް ނަމަ ހަވީރު ހަތަރެއް ޖަހާއިރު ފޮށި ބަންދު ކުރާނެ ކަމަށާއި ވޯޓު ގުނަން 4:30 ފަށާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ބައެއް ރިސޯޓު ފަދަ ތަންތަނުގައި 4 ޖެހުމުގެ ކުރިން ފޮށި ބަންދު ކުރިނަމަވެސް ވޯޓު ގުންނަށް ފަށާނީ 4:30 ގައި ކަމަށެވެ. އަދި ވަގުތީ ނަތީޖާ 5:30 އިއުލާނު ކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282395 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 138196 މީހުންނަކީ އަންހެނުންނެވެ. އަދި 144199 މީހުންނަކީ ފިރިހެނުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *