Sunday, 26 July 2026
Ads by

އިސްކަންދަރު ކޮށީގައި 15 ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އިސްކަންދަރު ކޮށީގައި 15 ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އިސްކަންދަރު ކޮށި--- ފޮޓޯ: އެކި އެމްވީ

އިސްކަންދަރު ކޮށި ހުރި ބިމުގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާންކޮށްފިއެވެ.

Ad Image
Ads by

މިއީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްްޓްރީވުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

މި އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މިކްސްޑް ޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން މި އިމާރާތުގައި ސަރުކާރުގެ އޮފީސްތަކާއި، އިދާރީ މަސައްކަތްތައް ކުރެވޭނެ ޖާގަތަކާއި، އޮޕަރޭޝަނަލް މެޑިކަލް ޖާގަތަކާއި، އަދި އެކިކަހަލަ ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ހާއްސަ ޖާގަތަކުގެ އިތުރުން އެކޮމޮޑޭޝަން ޖާގަ ހުންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އިމާރާތުގެ ބޭސްމަންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަކީ ޕާކިންގއަށް ހާއްސަކޮށްގެން ކަނޑައަޅާފައިވާ ޖާގަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ބޭސްމަންޓްގައި ހަތަރު ފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލު، ފުރަތަމަ ފަންގިފިލާގައި ހަތަރު ފުރޮޅުލީ 17 އުޅަނދު އަދި ދެވަނަ ފަންގިފިލާގައި 261 ސައިކަލު ޕާކްކުރާނެ ޖާގަ ހުންނާނެއެވެ.

މި އިމާރާތުގެ ތިން ވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސިއްހީ ހިދުމަތް ދިނުމަށެވެ. އަދި ހަތަރު ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާއަކީ އޮފީސްތައް ހިންގުމަށް ކަނޑައަޅާ ޖާގަތަކެވެ. އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ފެށިގެން 13 ވަނަ ފަންގިފިލާ ހާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. އަދި އިމާރާތުގެ އެންމެ މަތީދެ ފަންގިފިލާ ހާއްސަ ކުރަނީ އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށެވެ. އެގޮތުން ހަ ކްލާސްރޫމްއާއި ލައިބްރަރީއާއި ކޮންޕަރެންސް ރޫމްގެ އިތުރުން މަލްޓިޕާޕަސް ހޯލްއާއި ޓްރެއިނިންގ ހޯލް އެ ދެ ފަންގިފިލާގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

އިސްކަންދަރު ކޮށި ހުރި ބިމުގައި 15 ފަންގިފިލާގެ އާ އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހުރި އިމާރާތް ތަޅާލުމަށްފަހުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި