Thursday, 20 March 2025
Ads by

ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން

ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން

ރޯދަ މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާ ކުރާ ފުށާއި ހަނޑޫ ދޫކުރުން - ފޮޓޯ:މާލެ ސިޓީ ކައުންސިލް

ބަރަކާތްތެރި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާ ކުރާ ފުށާއި ހަނޑޫ ނުގެންދެވުނު ފަރާތްތަކަށް އެތަކެތި ދެން ދޫކުރަނީ އެ ކުންފުނީގެ ކާޑު ގުދަނުން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ad Image
Ads by MN Maldives

އެސްޓީއޯއިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ފުށް އަދި 10 ކިލޯ ބާސްމަތީ ހަނޑޫ (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނެފައި ވަނީ ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. މި ތަކެތި ދޫކުރާނީ ޑޮމެސްޓިކް ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން ހިލޭ ދޫކުރާ ފުށާއި ހަނޑޫ ދޫކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:00 އަށެވެ. އަދި ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ