މާލޭގެ ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް، އެކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި މައްސަލައަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަމުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފިހާރައިގެ ސީސީޓީވީ ކެމެރާއަށް އަރާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން، އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަން މިހާރު ވަނީ ބޭނުންވެފައެވެ.
ފުލުހުން ވަނީ އެ މީހާ ފިހާރައިގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނުވަތަ ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.













