Wednesday, 9 September 2026
Ads by

1،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުން އަންނަ ހަފުތާގައި

1،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުން އަންނަ ހަފުތާގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތައް--- ފޮޓޯ: އެފްޑީސީ

ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ފެށޭ ހަފުތާގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ހައުސިންގ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ފެށޭ ހަފުތާގެ ތެރޭގައި 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަކަށް ކަމަށާއި އެގޮތުން ފަސް ކުންފުންޏަކަށް ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއިން ކޮންމެ ކުންފުންޏަކުން ކުރުމަށް ހަމަޖެހިފައިވަނީ 200 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި ޔުނިޓްތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގއަށް ތަރައްގީކޮށްފައިވާ ޔުނިޓުތަކަށްވުރެ ދެގުނަ ޖާގަ ތަނަވަސް ޔުނިޓްތަކަކަށްވާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން ދެ ކޮޓަރީގެ ހައުސިންގ ޔުނިޓްތަކުގައި 700 އަކަފޫޓު އަދި ތިން ކޮޓަރީގެ ޔުނިޓްތަކުގައި 950 އަކަފޫޓު ހުންނާނެ ކަމަށާއި މި އިމާރާތްތަކުގެ ފިނިޝިންގއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫއުތަކަށްވުރެ ބޮޑުތަނުން ތަފާތުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ، ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު