Wednesday, 9 September 2026
Ads by

މަސްމާރުކޭޓުގެ އެއްބަސްވުން ބާތިލުކުރަން އެދުމުން ވެސް ކައުންސިލުން އެކަމަށް ކުރީ އިންކާރު!

މަސްމާރުކޭޓުގެ އެއްބަސްވުން ބާތިލުކުރަން އެދުމުން ވެސް ކައުންސިލުން އެކަމަށް ކުރީ އިންކާރު!

މާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ވެޓް މަރކެޓް ކޮމްޕްލެކްސް---

މާލެ ވެޓް މާރކެޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދިނުމަށް އެ ކުންފުނިން އެދުނު ނަމަވެސް، މިއަދާއި ހަމައަށް ވެސް އެކަން އޮތީ ނުކޮށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

މި މައްސަލައާއި ގުޅިގެން ހައުސިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްގީކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ ”ވެޓް މަރކެޓް“ މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކޮށްދޭން މާލެ ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ.

ނަމަވެސް ބިން ހަވާލުކުރެވެން ނެތްކަން ބުނެ މިދިޔަ މަހުގެ 20 ވަނަ ދުވަހު ސިޓީ ކައުންސިލުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ވެޓް މަރކެޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނީ، 2023 ވަނަ އަހަރުގެ މާރިޗު މަހު އެ ކައުންސިލާއި އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސް މާރުކޭޓު ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފައިވާތީ ކަމަށާއި، ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށްފަހުގައި ކަމަށެވެ.

މިކަމަށް އިޝާރަތްކޮށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކައުންސިލުން ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިއެއް ހެދުން ފިޔަވައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެއްވެސް ހުރަހެއް އޮތް ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ، މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް ހަވާލުކޮށްފައިނުވުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ވެޓް މަރކެޓް ކޮމްޕްލެކްސް މަޝްރޫއަކީ 126 މިލިއަނަށް ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފަސް ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖުމުލަ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު