Wednesday, 9 September 2026
Ads by

މ. އަތޮޅުގެ ރަށްތަކުގައި ފޯރުކޮށްދެމުން އައި ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް

މ. އަތޮޅުގެ ރަށްތަކުގައި ފޯރުކޮށްދެމުން އައި ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް

މ. އަތޮޅުގައި ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން---

މ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ޔުޓިލިޓީގެ ހުރިހާ ހިދުމަތްތަކެއް، ސްޓެލްކޯގެ ދަށަށް ރަސްމީކޮށް އިއްޔެ ބަދަލުކޮށްފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މ. އަތޮޅުގެ ހަތް ރަށެއްގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިނެވެ.

ސްޓެލްކޯގެ ދަށުން ޔުޓިލިޓީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ހަތް ރަށަކީ، މ. ދިއްގަރު، މ. ކޮޅުފުށި، މ. މަޑުއްވަރީ، މ. މުލި، މ. ނާލާފުށި، މ. ރަތްމަންދޫގެ އިތުރުން މ. ވޭވަށެވެ. އަލަށް ގެނެވުނު ބަދަލާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ، މި ބަދަލާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިވާނެ ކަމަށެވެ.

މ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ޅ. އަތޮޅުގައި ވެސް ފެނަކަ ކޯޕަރޭޝަނުން ދެމުން އަންނަ ޔުޓިލިޓީގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ސްޓެލްކޯއަކީ މިހާރު ވެސް މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެވެ. ސަރުކާރުގެ އަމާޒަކީ ގެންނަންޖެހޭ މިފަދަ ބަދަލުތައް ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ދެމުން އަންނަ މިފަދަ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި