Saturday, 24 October 2026
Ads by

ކުޑަކުދިންގެ ސިކުނޑިތައް ޝިރުކާ ލާދީނިއްޔަތަށް ހުށައެޅުން: ނޮވެލްޓީ އިން ތަކުރާރުކޮށް އިސްލާމްދީނާ ޚިލާފު ފޮތްތައް ވިއްކާ މައްސަލައިގައި އާންމުންގެ ނުރުހުން

ކުޑަކުދިންގެ ސިކުނޑިތައް ޝިރުކާ ލާދީނިއްޔަތަށް ހުށައެޅުން: ނޮވެލްޓީ އިން ތަކުރާރުކޮށް އިސްލާމްދީނާ ޚިލާފު ފޮތްތައް ވިއްކާ މައްސަލައިގައި އާންމުންގެ ނުރުހުން

ނޮވެލްޓީގައި އެކިފަހަރުމަތީން ވިއްކަން ލާފައިވާ ކުޑަކުދީންނަށް ޚާއްޞަ ޝިރުކާއި ލާދީނީ ފިކުރު ފަތުރާ ބައެއް ފޮތްތައް (އެކިއެމްވީ ފޮޓޯ ކޮލާޖު)

ރާއްޖޭގެ މަޝްހޫރު ފޮތް ފިހާރައެއް ކަމަށްވާ ނޮވެލްޓީ ބުކްޝޮޕުން، އިސްލާމްދީނާ ޚިލާފު އަދި ކަނޑައެޅިގެން ޝިރުކަށް މަގުފަހިވާފަދަ ވާހަކަތައް އެކުލެވޭ ކުޑަކުދިންގެ ފޮތްތަކެއް ވިއްކަން ބަހައްޓާފައި ހުރި މައްސަލައެއް ފެންމަތިވެ، އާންމުންގެ ބޮޑު ނުރުހުމަކާއި ރުޅިވެރިކަމެއް ސޯޝަލް މީޑިއާގައި އުފެދިއްޖެއެވެ.

Ad Image
Ads by

މީގެ ކުރިންވެސް މިފަދަ ފޮތްތަކެއް ވިއްކައިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ފޮތްތައް ނެގުމަށްފަހު، އަނެއްކާވެސް ސިއްރުން މިފަދަ ފޮތްތައް ވިއްކަން ފެށުމަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތަށް ދެވޭ ވަރަށް ބޮޑު ޙަމަލާއެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

އާންމުންގެ ނުރުހުން އަމާޒުވުމުން ފޮތްތައް ނެގުން، އަދި އަނެއްކާވެސް ވިއްކަން ފެށުން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހިންދޫންގެ ކަލާނގެތަކާއި، ކްރިސްޓިއަނުންގެ ޢީދުތައް ޕްރޮމޯޓްކުރާ ކުޑަކުދިންގެ ފޮތްތައް ނޮވެލްޓީގެ ހަރުގަނޑުތަކުގައި ވަނީ އާންމުކޮށް ފެންނަން ބަހައްޓާފައެވެ. އާންމުން ފާހަގަކުރާ ގޮތުގައި މިއީ ނޮވެލްޓީން ގަސްތުގައި ހިންގާ ސިލްސިލާ ޢަމަލެކެވެ. މައްސަލަ ފަޅާއަރައި އާންމުން ރުޅިގަދަވުމުން ވަގުތީގޮތުން ފޮތްތައް ނަގައެވެ. ނަމަވެސް މައްސަލަ ފިނިވުމާއެކު އަނެއްކާވެސް ހަމަ އެފަދަ އެހެން ފޮތްތައް ފިހާރައަށް ނެރެއެވެ.

މީގެ ކުރީންވެސް އެތައް ފަހަރެއްގެ މަތީން ނޮވެެލްޓީއިން ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ޝިރުކާއި ފާޙިޝް މުންކަރާތްތައް ހިމެނޭ ކުޑަކުދީންނަށް ޚާއްޞަ ފޮތްތައް ވިއްކަން ބަހައްޓާފައެވެ. (ފޮޓޯ: އާންމު މީހެއްގެ ސޯޝަލްމީޑިއާ ޕޯސްޓެއް)

ކުޑަކުދިންގެ ސިކުނޑިތައް ތަޣައްޔަރުކުރުން

މި މައްސަލައިގައި އާންމުން އެންމެ ބޮޑަށް ކަންބޮޑުވަނީ، މިއީ ބޮޑެތި މީހުން ކިޔަން ހުންނަ ފޮތްތަކަކަށް ނުވެފައި، މިއީ ތުއްތު ކުދިންގެ ސިކުނޑިތަކާ ކުޅެލުމަށް ވަރަށް ރީތިކޮށް ކުރަހައި، ކުލަޖައްސާފައި ހުންނަ ފޮތްތަކަކަށް ވާތީއެވެ.

އާންމުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ހެކިތައް:

ނޮވެލްޓީގައި ޝިރުކު ފެތުރުން ހުއްޓުވުމަށް ގޮވާލާ އާންމު މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއް

– ޝިރުކު ޕްރޮމޯޓްކުރުން: ”ފެސްޓިވަލްސް އޮފް އިންޑިއާ“ ގެ ނަމުގައި ހުރި ފޮތްތަކުގައި ހިންދޫންގެ ކަލާނގެތަކާއި، ޝިރުކުގެ ޢަމަލުތައް ކަމަށްވާ ”ދުުރްގާ ޕޫޖާ“ އަދި ”ގަނޭޝް ޗަތުރުތީ“ ފަދަ ކަންކަން ކުޑަކުދިންނަށް އުނގަންނައިދޭން ލިޔެފައިވެއެވެ.

– ކްރިސްޓިއަން ޢީދުތައް: ”ސާންޓާސް ލިޓްލް ހެލްޕަރސް“ އަދި ”އަ ސްޕެޝަލް ކްރިސްމަސް“ ފަދަ ނަންނަމުގައި ހުރި ފޮތްތަކާއި ބުދިސްޓުންގެ ފޮތްތައްވެސް ވަނީ ފެނިފައެވެ.

– ފާޙިޝް މުންކަރާތްތައް: ކުޑަކުދީންނަށް ޚާއްޞަ އެއްޖިންސުން ގުޅުން ހިންގުން ފަދަ އެލްޖީބީޓީ ލާދީނީ ފިކުރު ފަތުރާ ފޮތްތައްވެސް ވިއްކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފޭސްބުކް، އެކްސް، ޓެލެގްރާމް އަދި އިންސްޓަގްރާމް ފަދަ މީސްމީޑިއާ ޕްލެޓްފޯމް ތަކުގައި BoycottNovelty# (ބޮއިކޮޓް ނޮވެލްޓީ)، NoveltyBandhukurey# (ނޮވެލްޓީ ބަންދުކުރޭ) އަދި ”ޝިރުކު ހުއްޓުވާމާ“ ގެ ނަމުގައި ދަނީ ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. އަދި މިފަދަ އިސްލާމްދީނާ ޚިލާފު ފޮތްތައް ޗާޕުކޮށް ވިއްކާ މައްސަލަ ބަލައި، ކަމާބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަހުމަދު
އަހުމަދު
4 މަސް ކުރިން

ތިބޭފުޅުން ނަށް ފަށް ފަށުން ޝުކުރިއްޔާ… މީ ކޮންމެހެންވެސް ހުއްޓުވަން ޖެހޭ ކަމެއް..ނުހުއް ޓުވިއްޖެއްޔާ…އަމަމލީގޮތުން ނުކުމެ ފިޔަވަޅު އަޅަން ޖެހޭ

ބަޗީ
ބަޗީ
4 މަސް ކުރިން

އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ނޮވެލްޓީ މިހާރުން މިހާރަށް ބަންދުކޮށް ގާނޫނީ އަދަބު އަވަސްކުރުމަށް ގޮވައިލަނޑ.

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި