Wednesday, 9 September 2026
Ads by

އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އިސޫއަށް ހަމަލާދީފި

އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އިސޫއަށް ހަމަލާދީފި

އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އިސްމާއީލް ޢަބްދުއްރަޙީމް (އިސޫ)---

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ ޑިރެކްޓަރު އިސްމާއީލް ޢަބްދުއްރަޙީމް (އިސޫ) އަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

Ad Image
Ads by

”އެކި އެމްވީ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގުމަށް މެދުވެރިވީ، ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮންނަ ފަރުކޮޅުފުއްޓަށް ވަދެ އުޅުނު އަންހެނަކާއި ފިރިހެނެއްގެ ގާތު އެއީ މަނާ ކަމެއް ކަމަށް އިސޫ ބުނުމުން އެތާގައި ހުރި ފިރިހެން މީހާ ރުޅިގަދަވެ އިސޫއަށް ހަމަލާދިނުމުންނެވެ. ހަމަލާ ދިނުމުގެ ތެރޭގައި އިސޫގެ މައިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާ ހޭނެތިފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިސޫގެ ހާލު ފަހުން ރަނގަޅުކަމަށް މައުލޫމާތު ދިންފަރާތުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހި ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިރޭ 18:37 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް މާ ބޮޑު ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށެވެ. މި މައްސަލާގައި ހިމެނޭ 21 އަހަރުގެ ފިރިހެން މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވީއެވެ.

ފުލުހުން އިތުރަށް ބުނީ ފަރުވާއަށްފަހު އިސޫ މިހާރު ދޫކޮށްލާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި