Saturday, 24 October 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ ތައްޔާރީތައް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ ތައްޔާރީތައް ފަށައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރު ސްޕީޑުގައި ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލް ސަރަޙައްދުން ފެށިގެން މަގު އެއްވަރުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ވަނީ ސަބް ގްރޭޑިންގ ނުވަތަ މަގު އެއްވަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. މިއީ މިހާރު މަސައްކަތް ހިނގަމުންދާ ސަރަޙައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތެވެ. ކުންފުނީގެ އަމާޒަކީ މި ހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާ ހަމައަށް މަގު އެއްވަރުކޮށް ނިންމުމެވެ.

މަގު ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެ ސަރަޙައްދުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން އެންމެ އަވަހަށް ފެށިގެންދާނީ ތާރުއެޅުމުގެ އަމަލީ މަސައްކަތެވެ. އެމްޓީސީސީން ލަފާކުރާ ގޮތުގައި މި މަހުގެ ފަހު ހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން، އެންމެ ޒަމާނީ ފެންވަރަށެވެ. މި މަޝްރޫޢުގެ ތެރެއިން 580 އުޅަނދުގެ ޖާގައިގެ ޕާކިންގ ސަރަޙައްދެއްވެސް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން މަގުގެ ފުޅާމިނަށް ވަނީ ބަދަލު ގެނެސްފައެވެ.

މާލޭގެ އުތުރު ފަރާތަކީ ސަރުކާރުގެ މުހިއްމު އޮފީސްތަކާއި ކުންފުނިތައް ހުންނަ، އަދި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށެވެ. މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި މާރުކޭޓު ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި