Wednesday, 9 September 2026
Ads by

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ ޝަރަފު ޝާޔާއާއި ނާއިކްއަށް

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ ޝަރަފު ޝާޔާއާއި ނާއިކްއަށް

ޝާޔާ އަދި ނާއިކް--- ފޮޓޯ: އެތްލެޓިކްސް މޯލްޑިވްސް

ނިމިދިޔަ 35 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުގެ ޝަރަފު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޢާއިޝަތު ޝާޔާ ޝަފީޢު އާއި ޔޫސުފް ނާއިކް ވަޖީހު ހޯދައިފިއެވެ.

Ad Image
Ads by

މި މުބާރާތުގައި ޝާޔާ އާއި ނާއިކް ވެސް ވަނީ އާ ރެކޯޑުތަކެއް ގާއިމުކޮށްފައެވެ. އެގޮތުން ޝޮޓްޕުޓް އުކުމުގެ ގައުމީ ރެކޯޑް ޝާޔާ އާކުރީ 10.20 މީޓަރު ދުރަށް އެއްލައިގެންނެވެ. މިއީ މިދިޔަ އަހަރު އޭނާ ހެދި 9.80 މީޓަރުގެ ރެކޯޑަށްވުރެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ޑިސްކަސް އުކުމުން ވެސް ޝާޔާ ވަނީ ރަން މެޑަލް ހޯދައިފައެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ނާއިކް ވަނީ، އޭނާ އަތުގައި އޮތް ހައި ޖަމްޕްގެ ގައުމީ ރެކޯޑް އަނެއްކާ ވެސް އާކޮށްފައެވެ. މިދިޔަ އަހަރު 1.88 މީޓަރު މަތިން ފުންމައިގެން 16 އަހަރުވީ ރެކޯޑް މުގުރާލި ނާއިކް، މި ފަހަރުގެ މުބާރާތުގައި ވަނީ 1.91 މީޓަރު މަތިން ފުންމައި އާ ރެކޯޑެއް ހަދައިފައެވެ. މީގެ އިތުރުން، ޓްރިޕަލް ޖަމްޕުން ރިހި މެޑަލް އަދި ލޯންގް ޖަމްޕުން ލޯ މެޑަލް ވެސް އޭނާ ކާމިޔާބުކުރިއެވެ. ޓްރިޕަލް ޖަމްޕުން އެއްވަނަ ހޯދީ 12.68 މީޓަރަށް ފުންމި މުހައްމަދު ޖައިލަމް ވަލީދެވެ. ދެވަނައިގައި ނާއިކް 12.25 މީޓަރަށް ފުންމިއިރު، ތިންވަނަ ހޯދި ޢީސާ ޝަފީޢު ފުންމާފައިވަނީ 12.10 މީޓަރަށެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ވެސް ވަނީ މި މުބާރާތުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއްވަނަ ހޯދައި، ތިން ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އަންހެން 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުން ފަސޫހާ އަޙުމަދު ކާމިޔާބުކުރި އިރު، ފިރިހެން 1500 އަދި 800 މީޓަރު ކާމިޔާބުކުރީ ޙުސައިން ރިޒާއެވެ.

މި އަހަރު އަންހެން އަދި ފިރިހެން އެއްވަނަ ކްލަބްގެ ގޮތުގައި ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި