Saturday, 24 October 2026
Ads by

ބްރޭކިންގ ބޭޑްގެ މަޝްހޫރު އެކްޓަރު ޖިއަންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި

ބްރޭކިންގ ބޭޑްގެ މަޝްހޫރު އެކްޓަރު ޖިއަންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި

ސަޢޫދީ ޢަރަބިއްޔާގައި ފިލްމީ މަސައްކަތްތަކެއްގެ ތެރޭގައި މުސްލިމުންނާ ކުރެވުނު މުޢާމަލާތްތަކާމެދު ހިތްހަމަޖެހުން ފާޅުކުރުމަށްފަހު، 'ބްރޭކިންގ ބޭޑް' ގެ ތަރި ޖިއަންކާލޯ އެސްޕޮސިޓޯ ޝަހާދަތް ކިޔައި، އިއްޔެ މިސްކިތެއްގައި އޭނާއާއެކު މަސައްކަތްކުރާ ކާސްޓުންނާއި ކުރޫންނާއެކު ނަމާދުގައި ބައިވެރިވެއްޖެއެވެ. މި ސްކްރީންޝޮޓުން ފެންނަނީ އޭނާ އިއްޔެ ސިލާ ކުންފުނީގެ މުވައްޒަފުންނާއެކު ނަމާދުކުރާ މަންޒަރެވެ. الحمد لله. [އެކި އެމް.ވީ ފޮޓޯ ކޮލާޖް]

ދުނިޔޭގެ މަގްބޫލު ޓީވީ ސިލްސިލާ ’ބްރޭކިންގ ބޭޑް‘ އަދި ’ބެޓަރ ކޯލް ސޯލް‘ ގައި ގަސްޓާވޯ ފްރިންގ ގެ ކާމިޔާބު ރޯލުން ފެނިގެންދިޔަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖިއަންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފިއެވެ. އޭނާ ދީން ޤަބޫލުކޮށްފައިވަނީ ފިލްމެއްގެ މަސައްކަތެއްގައި ސަޢޫދީ ޢަރަބިއްޔާގައި ހުރި ހުރުމުގައެވެ.

Ad Image
Ads by

މިކަން ރަސްމީކޮށް އިޢުލާންކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގެ ޗެއަރމަން ތުރްކީ އަލް-ޝެއިޚްއެވެ.

ޝަހާދަތް ކިޔުމާއި ދީނަށް ދެވުނު ޝައުގުވެރިކަން:

ތުރްކީ އަލް-ޝެއިޚް ހާމަކުރި ގޮތުގައި، އެސްޕޮސިޓޯ ވަނީ ސަޢޫދީގެ މިސްކިތެއްގައި ފިލްމު ކްރޫގެ މުސްލިމް ބައިވެރިންނާއެކު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ، އިސްލާމްދީނުގެ މަތިވެރި ކަލިމަ (ޝަހާދަތް) ދުލުން ކިޔައި، ދީން ގަބޫލުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުންވެސް އޭނާ މިސްކިތެއްގެ ތެރޭގައި ނަމާދުކުރަން ހުންނަ މަންޒަރު ފެނެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީނަށް ޝައުގުވެރިވީ ސަޢޫދީ ޢަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި އެ ޤައުމުގެ މުސްލިމުންގެ ފަރާތުން ފެނުނު މާތް އަޚްލާޤާއި، އޯގާތެރިކަމާއި، ބެހެއްޓި ގާތް މެހެމާންދާރީގެ ސަބަބުންނެވެ. މި ތަޖުރިބާތަކުގެ ސަބަބުން މުސްލިމް މުޖުތަމަޢުގެ މައްޗަށް އޭނާގެ ހިތުގައި ބޮޑު ލޯތްބަކާއި އިޙްތިރާމެއް އުފެދި، ދީނުގެ ޙަޤީޤީ ރީތިކަން ވިސްނުނީއެވެ.

މާއްދީ އަޅުވެތިކަމުން މިނިވަންވުން: އިސްލާމްދީނުގެ ޙަޤީޤީ ރީތިކަމާއި ސާފުކަން

އިންސާނާގެ ހިތްތަކާއި ސިކުނޑިތައް އިސްލާމްދީނުގެ ހިޔާވަހިކަމަށް ރުޖޫޢަވަނީ އެ ދީނުގައިވާ ފުން، އަދި ބަދަލެއްނެތް ޙަޤީޤީ ސާފުކަމުގެ ސަބަބުންނެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ ބާވަތްތަކެއް ނޫނެވެ. އެއީ އިންސާނާގެ ނަފްސާއި ބުއްދި، މި ދުނިޔޭގެ މާއްދީ އަޅުވެތިކަމުންނާއި، ފަނާވެދަނިވި ފިކުރުތަކުން އެއްކޮށް މިނިވަންކޮށްދޭ މަތިވެރި ނިޒާމެވެ.

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މީހުން އިސްލާމްދީން އިޚްތިޔާރުކުރަނީ، އެ ދީނަކީ އިންސާނާ އުފެއްދެވި ފަރާތާ އޮންނަ ސީދާ، ސާފު ގުޅުމެއް ކަމަށްވާތީއެވެ. އެއްވެސް އިންސާނަކަށް ނުވަތަ ސިޔާސީ ބާރަކަށް އަނެކާގެ ސިކުނޑީގެ މައްޗަށް ވެރިނުވެވޭނެކަން ކަށަވަރުކޮށްދީ، ހަމައެކަނި ހެއްދެވި ފަރާތަށް ބޯލެނބުމުގެ ސަބަބުން ހިތަށް ލިބޭ ދާއިމީ ހަމަޖެހުމަކީ އިސްލާމްދީނުގެ ޙަޤީޤީ މުޢުޖިޒާތެވެ. ކުފުރާއި ފާޙިޝިއްޔާތުތަކާއި ހަޑިމުޑުދާރުކަމުން އިންސާނާގެ ސިކުނޑި ތަޣައްޔަރުވެ ހަލާކުގެ ތެރެއަށް ވެއްޓި ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލުމާއި، ދޮގާއި، މަކަރާއި، ނަފްރަތުގެ ސިޔާސަތުން ފުރިފައިވާ މި ޒަމާނުގައި، އިސްލާމްދީން ދައްކުވައިދެނީ ވަކި ނަސްލަކަށް، ނުވަތަ ޤައުމަކަށް ބެލުމެއްނެތް ޙަޤީޤީ އިންސާނީ ހަމަހަމަކަމާއި ޢަދުލުވެރިކަމެވެ. އެހެންކަމުން، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރުން ސަލާމަތްވެ، ޙަޤީޤީ ޙައްޤު މަގު ހޯދަން އެދޭ ކޮންމެ ސަލާމަތްބުއްދިއެއްގެ މިޞްރާބަކަށް އިސްލާމްދީން ވަނީ އެއީ ފިޠުރަތުގެ ސާފު ޙަޤީޤަތް ކަމަށްވާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި