Wednesday, 9 September 2026
Ads by

އިޒްރޭލުން ޣާޒާއަށް ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ކެމެރާމަން އަހުމަދު ވިޝާހް ޝަހީދުކޮށްލައިފި

އިޒްރޭލުން ޣާޒާއަށް ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ކެމެރާމަން އަހުމަދު ވިޝާހް ޝަހީދުކޮށްލައިފި

އަލްޖަޒީރާގެ ކެމެރާމަން އަހުމަދު ވިޝާހް...

ޣާޒާގެ މެދުތެރޭގައި އޮންނަ ބުރައިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، އަލްޖަޒީރާގެ ކެމެރާމަން އަހުމަދު ވިޝާހް ޝަހީދުކޮށްލައިފިއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި އަލްޖަޒީރާގެ 12 ވަނަ މީޑިއާ މުވައްޒަފެވެ.

Ad Image
Ads by

މި ހަމަލާ އަމާޒުކޮށްފައިވަނީ ބުރައިޖް ކޭމްޕްގައި ހުރި ގެއަކަށެވެ. މި ހަމަލާގައި އަހުމަދު ވިޝާހްގެ އިތުރުން ދެން ހުރި މީހަކު ވެސް ވަނީ ޝަހީދުވެފައެވެ. އަދި އިތުރު ފަލަސްތީނު މީހަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާގެ ރިޕޯޓްތައް ބުނެއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ވަނީ، މިއީ ގަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ބިރުވެރި ޖަރީމާތައް ހިންގާ އިޒްރޭލުގެ އިސްވެރިން ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށާއި ގާނޫނީ މުއައްސަސާތަކަށް އަލްޖަޒީރާއިން ވަނީ ގޮވާލާފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ޣާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޖުމްލަ 10 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ޣާޒާ ސިޓީގެ މެދުތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ގާޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާ ސަރަހައްދުގައި ވެސް އަންހެނަކު ވަނީ ޝަހީދުކޮށްލާފައެވެ.

ޝަހީދުވި އަހުމަދު ވިޝާހް އަކީ މިދިޔަ އޭޕްރީލް މަހު އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މުހައްމަދު ވިޝާހްގެ ކޮއްކޮއެވެ. މުހައްމަދު ވިޝާހް ޝަހީދުކޮށްލުމަށްފަހު، އިޒްރޭލު ސިފައިން ވަނީ އެއްވެސް ހެއްކެއް ނެތި އޭނާއަކީ ”ޓެރަރިސްޓެއް“ ކަމަށް ބުނެ ތުހުމަތުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅިގެން ވެސް އިޒްރޭލު ސިފައިން ވަނީ އަހުމަދު ވިޝާހްއާ މެދު އެފަދަ ތުހުމަތުތަކެއް ކޮށްފައެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ އިޒްރޭލުން ނޫސްވެރިން ޝަހީދުކުރުމަށްފަހު، އެއްވެސް ހެއްކެއް ނެތި އެމީހުންގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތްތައް މީގެ ކުރިން ވެސް ކުށްވެރިކޮށްފައެވެ.

އަލްޖަޒީރާއިން ބުނީ އިޒްރޭލުން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް، ޣާޒާގައި ހިނގަމުންދާ ކަންކަން ދުނިޔެއަށް ހާމަކުރުމުގައި ދެމިތިބޭނެ ކަމަށާއި، މި ޖަރީމާތަކަށް އިންސާފު ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ސީޕީޖޭގެ ރިޕޯޓްތައް ބުނާ ގޮތުގައި، 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް 260 އަށްވުރެ ގިނަ ފަލަސްތީނު ނޫސްވެރިން ވަނީ ޝަހީދުވެފައެވެ. ޣާޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލުގެ އުދުވާނުގައި މިހާތަނަށް 73,018 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 173,273 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި