Wednesday, 9 September 2026
Ads by

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މޫދު ފެސްޓް 2026 ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މޫދު ފެސްޓް 2026 ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ”މޫދު ފެސްޓް 2026“ މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

Ad Image
Ads by

ހުޅުމާލެ ފޭސް 1 އެއްގައި ހުންނަ ދިރާގު ބީޗުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފެސްޓިވަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެސްޓިވަލަކީ ކަނޑުތަކާ މެދު އޮންނަ ލޯބި އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި ކަނޑުގެ މާހައުލަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.

އޭގެ ތެރޭގައި ފަރު ފަރުކޮޅު އާލާކުރުމުގެ މަސައްކަތް ، ބަބްލް މޭކަރ ހަރަކާތްތައް، މޫދު ކުޅިވަރު، ކުރެހުމާއި ފަންނުވެރިކަމުގެ ހަރަކާތްތައް، މޫނުގައި ކުލަޖެއްސުން އަދި ކަނޑުތަކާ ގުޅުންހުރި ތަފާތު ގޭމްތައް ހިމެނެއެވެ.

މޫދު ފެސްޓް 2026 ކުރިއަށްދާނީ މިއަދު ހެނދުނު 09:00 އިން 11:00 އަށް އަދި ހަވީރު 15:00 އިން 18:00 އަށެވެ.


މި ފެސްޓިވަލް އިންތިޒާމުކުރުމުގައި އެޗްޑީސީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އޯޝަން ވޯރިއާސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި