Saturday, 17 October 2026
Ads by

ފެނަކަ ކޯޕަރޭޝަނެކޭ އެއްފަދައިން އެޗްޑީސީގެ ވަޒީފާއިން ވެސް އަމިއްލައަށް ވަކިވުމުގެ ފުރުސަތު

ފެނަކަ ކޯޕަރޭޝަނެކޭ އެއްފަދައިން އެޗްޑީސީގެ ވަޒީފާއިން ވެސް އަމިއްލައަށް ވަކިވުމުގެ ފުރުސަތު

އެޗްޑީސީގެ މައި އިދާރާ---

ފެނަކަ ކޯޕަރޭޝަނެކޭ އެއްފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

Ad Image
Ads by

އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ ރިޓަޔަރމަންޓް ޕޮލިސީ އާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލަށް ބޯޑުން އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ މެމޯގައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެވޭނެ ދެ ގޮތަކީ ވޮލެންޓަރީ ރިޑަންޑަންސީ އާއި ވޮލެންޓަރީ ރިޓަޔަރމަންޓެވެ.

ވޮލެންޓަރީ ރިޑަންޑަންސީގެ ދަށުން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މުވައްޒަފުންނަށް އުސޫލުގައިވާ ގޮތަށް ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔާތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެއެވެ. މީގެ އިތުރުން އަމިއްލައަށް އެދިގެން ރިޓަޔަރވުމަށް އެދޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ މުވައްޒަފުން، ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އަދާކުރި މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ މާލީ އިނާޔަތާއެކު ރިޓަޔަރކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފަދަ ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އަދި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން މުޅިން އަލަށް ގެންނަމުންދާ ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ހެޔޮ ނަތީޖާ ވެސް މިހާރު އަންނަނީ މަޑުމަޑުން ފެންނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި