Wednesday, 9 September 2026
Ads by

4 މަސްދުވަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިގެ ވަޒީފާއިން ވަކިވާން އެދިއްޖެ

4 މަސްދުވަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިގެ ވަޒީފާއިން ވަކިވާން އެދިއްޖެ

ފެނަކަ ކޯޕަރޭޝަނުގެ ނަންބޯޑު---

ހަތަރު މަސްދުވަހުގެ މުސާރައާއެކު 97 މުވައްޒަފުން ފެނަކައިގެ ވަޒީފާއިން ވަކިވުމަށް އެދި ހުށަަހަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ad Image
Ads by

ފެނަކަ ކޯޕަރޭޝަންގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ޙަސަން ސޮއިކުރައްވައި، އެ ކުންފުނީގެ ހުރިހާ ގޮފިތަކަކަށް މި މަހުގެ ތިންވަނަ ދުވަހު ފޮނުވި މެމޯއެއްގައި ބުނެފައިވާ ގޮތުގައި، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ބަދަލެއްގެ ގޮތުން ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފެނަކައިން މިފަދަ ނިންމުމެއް ނިންމީ ކުންފުނީގެ ހަރަދުތައް ކުޑަކޮށް، މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ފެނަކައިން މައުލޫމާތުދޭ ގޮތުގައި، އެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ އަމިއްލަ އިހްތިޔާރުގައި އެއްވެސް މަޖުބޫރުކުރުވުމެއް ނެތި ކަމަށާއި އެ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުން ހަތަރު މަސްދުވަހުގެ މުސާރަދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފައެވެ. އެއާއެކު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ އެ މަސައްކަތް ފެށުމަށް ނިންމައިފައެވެ.

ފެނަކަ ކޯޕަރޭޝަންގައި 8،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނައިރު އޭގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ކުރާނެ މަސައްކަތެއް ނެތި ތިބޭ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި