Wednesday, 17 June 2026
Ads by

ޒަކާތު ފަންޑުން ގާޒާއަށް ކާބޯތަކެތީގެ އެހީ ދެނީ

ޒަކާތު ފަންޑުން ގާޒާއަށް ކާބޯތަކެތީގެ އެހީ ދެނީ

ގާޒާއަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއް: ޒަކާތު ފަންޑުން ގާޒާއަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ނިންމާފައި - ފޮޓޯ:އޭއެފްޕީ

ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑަކީ ފަގީރުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދޭން އުފައްދާފައިވާ ފަންޑެކެވެ. އެކަން އިތުރަށް ހަރުދަނާކުރަން މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފައެވެ. ޒަކާތު ހައުސްގެ މަގުސަދުގެ ތެރޭގައި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެހެން ޒަކާތު ފަންޑު ތަރައްގީކުރުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ އަހުންނާއި އުހުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުތަކުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު، މިހާތަނަށް ގާޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 32،845 އަށް އަރާފައެވެ. އޭގެތެރޭގައި 13،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 8،400 އަންހެނުން ހިމެނެއެވެ.

ހުސްވި ހަފުތާގެ ހޮނިހިރު ދުވަހު އދ. ގެ ސަލަމާތީ މަޖިލީހުން ވަނީ ފުރަތަމަ ފަހަރަށް ހަމަލާތައް ހުއްޓާލަން ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި