Sunday, 26 July 2026
Ads by

މަސްވެރިކަމުގައި އުޅޭ މީހުންގެ އަދަދު މަދުވި ސަބަބު ރައީސް ވިދާޅުވެ ދެއްވައިފި

މަސްވެރިކަމުގައި އުޅޭ މީހުންގެ އަދަދު މަދުވި ސަބަބު ރައީސް ވިދާޅުވެ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މަސްވެރިންގެ އަދަދު މަދުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދިނުމުން ކަމަށާއި، ނަމަވެސް މިހާރު އެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ދަ ޕަލްސް“ ޕްރޮގްރާމްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިންގެ އަދަދު މަދުވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް އެކަމާ ގުޅޭ ސަރވޭއެއް ކުރެވިފައިނުވާ ކަމަށެވެ. މިކަން ދެނެގަތުމަށް ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި ސަރވޭއެއް ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ވަރަށް ފަސޭހަ އާމްދަނީއެއް އެއީ ރަށުގައި ހުރެގެން ގޭގައި ހުރެގެން ހެޔޮވަރުގެ މުސާރައެއް ލިބޭ ކަމަށް ވަންޏާ ވަރަށް ފަސޭހަވާނެ އެ ގޮތް ހިޔާރުކުރަން. އެހެންވެ މިދިޔަ ސަރުކާރުގެ ތެރޭގައި ފެނަކައަށް ހާއްސަކޮށް ވަރަށް ބައިވަރު އެތައް ހާސް ބަޔަކު ވެއްދި. ވެއްދިއިރު މި ވެއްދީ މަސްވެރިކަމުގެ ސިނާއަތުގައި ތިބި އެތައް ބައެއް.“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ ކުރިއާ އަޅާބަލާއިރު އަތޮޅުތެރޭގެ ރަށްރަށުގައި މަސްދޯނިތައް މަދުވެއްޖެކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ކަންކަން ރަނގަޅު ކުރެވޭތޯ ކަމަށެވެ. އެގޮތުން ފެނަކަ ފަދަ ކުންފުނިތައް ރައިޓް ސައިޒް ކުރަމުން އަންނަނީ މިފަދަ ސަބަބުތަކަށްޓަކައިކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

”އޭރުން މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން އިތުރުވެގެންދާނެ. އަދި އެހެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާނެ ޒުވާނުން ލިބިގެންދާނެ. ހަގީގަތުގައި ސަރުކާރުގެ އެސްއޯއީތަކުގެ ތެރެއިން ހުރިހާ ޒުވާނުންނާ ނޫނީ ހުރިހާ ރައްޔިތުން މިހެން ވަޒީފާ ދީފައި ހިފަހައްޓާފައި ހުރުމުގެ ސަބަބުން އިގުތިސާދު ފުޅަލެއް ނުވޭ. އޭގެ ސަަބަބުން އުފެއްދުންތެރިކަން އިތުރެއް ނުވޭ.“ – ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަނީ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތެއްގެ ތެރެއިން ކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ މަސްވެރިކަމާއި އެހެން ބައެއް ސިނާއަތްތަކަށް ކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި