Wednesday, 9 September 2026
Ads by

އެމްޑީޕީ މޭޔަރާއި ކައުންސިލުން ހުރަސްއެޅިޔަސް، މަސް މާރުކޭޓު އަޅާނަން: ރައީސް

އެމްޑީޕީ މޭޔަރާއި ކައުންސިލުން ހުރަސްއެޅިޔަސް، މަސް މާރުކޭޓު އަޅާނަން: ރައީސް

'ދަ ޕަލްސް ޕޮޑްކާސްޓް' ގެ ތެރެއިން: ފޮޓޯ| ރައީސް އޮފީސް

މާލޭގެ ރައްޔިތުންނާއި މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ”މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް“ މަޝްރޫޢު ކުރިއަށް ގެންދިޔަނުދީ، މާލެ ސިޓީ ކައުންސިލުން ގަސްތުގައި ހުރަސްއަޅަމުންދާކަމުގެ ބޮޑު ތުހުމަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވައިފިއެވެ.

Ad Image
Ads by

”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެސިޓީ ކައުންސިލުން މި މަޝްރޫޢަށް ހުރަސްއަޅަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ބެލެވޭ ފަދަ މޭރުމަކުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖައްސައި، މަސައްކަތް ކުރާނެ ބަޔަކު (ޓްރަސްޓެންގް މޯލްޑިވްސް) ވެސް އޮތީ ހޯދާފައެވެ.

މަޝްރޫޢު ފެށުމަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތެއް ނިމިފައި އޮންނަތާ ހަތަރު މަސް ދުވަސް ވެފައިވާއިރު، ކައުންސިލުން ދަނީ ބިން ހަވާލުނުކޮށް އެކި ކަހަލަ އުޒުރުތައް ދައްކަމުންނެވެ.

”މިހެންވީމަ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން އެކި ކަހަލަ ބަހަނާ ދައްކަމުން، ހަމަ އެއްގޮތަކަށްވެސް އެކަން ވާނެ ގޮތެއް ސިޓީ ކައުންސިލުން ނުދެއްކި. އެކަމަކު އަޅުގަނޑުމެން ހައްލު ގެންނާނަން. އެކަން ކުރިއަށް ގެންދާނަން،“ ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާތީ ހިތްޕުޅުނުޖެހުން ފާޅުކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިގްތިސާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ވަކިން ހާއްސަކޮށް މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ސިޓީ ކައުންސިލުން މިފަދަ ހުރަސްތައް އެޅުމަކީ އެއްވެސް ފަރާތަކަށް އޭގެއިން ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރުގެ ދަތުރުވެރިންގެ މާރުކޭޓް ހުރި ބިމުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ ފެންވަރުގެ ހަ ފަންގިފިލާގެ އިމާރާތެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރެވޭނީ މަސް މާރުކޭޓަށެވެ. އަދި ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި ތަރުކާރީ އާއި މޭވާގެ މާރުކޭޓެއް ގާއިމުކުރާއިރު، ހަތަރުވަނަ ފަންގިފިލާ ހާއްސަކުރާނީ ކާބޯތަކެތީގެ ހިދުމަތްދޭ ފުޑް ކޯޓްތަކަށެވެ.

މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނެވި ދުވަސްވަރުވެސް މާލޭގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ރޭއްވެވިއެވެ. އޭރުގެ އެމްޑީޕީ ސަރުކާރުން ކައުންސިލް އޮތީ މަރުތަޅު އަޅުވާފައެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަމުގައި ކައުންސިލްތަކަށް ފުރިހަމަ އާރާއި ބާރު ދެއްވިއެވެ. ނަމަވެސް، މިހާރުގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ކައުންސިލަރުންގެ ފަރާތުން ފެންނަނީ ސަރުކާރުގެ ތަރައްގީގެ ދުވެލި މަޑުޖައްސާލުމަށް ބަހަނާ ދައްކައި، ރައްޔިތުންނަށް ލިބެން އޮތް ހިދުމަތްތަކަށް ޖެއްސުން ކުރަމުންދާ މަންޒަރުކަމީ ދެރަކަމެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު