Wednesday, 12 August 2026
Ads by

އިސްރާއީލާއި ހިޒްބުއްލާ އިން ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާ އެކުވެސް ހަމަލާތައް ކުރިއަށް!

އިސްރާއީލާއި ހިޒްބުއްލާ އިން ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާ އެކުވެސް ހަމަލާތައް ކުރިއަށް!

އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އައު އެއްބަސްވުމަކަށް ދެފަރާތުން އައިސްފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ. މި އެއްބަސްވުމަށް އާދެވުނު ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މިއަދު އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 47 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad Image
Ads by

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ހަނގުރާމަ ކުރިއަށްގެންދިއުމަކީ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ސްވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ބައްދަލުވުން ބޭއްވޭނެ ކަމަށް އީރާނުން ބުނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނުން މި އެއްބަސްވުމަށް އައީ ”ގޮތް ހުސްވެގެން“ ކަމަށެވެ. އަދި އީރާނަށް އެމެރިކާގެ ފަރާތުން އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ. މީގެ އިތުރުން، އީރާނުން އެއްބަސްވުމަށް އަމަލުކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި، އެހެން ނޫންނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

އިސްރާއީލުގެ މަސްރަހަށް ބަލާއިރު، އެމެރިކާއާއެކު އޮތް ގުޅުމަށް ބުރޫއަރާފައިވާތީ އިސްރާއީލުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އޮތް ތާއީދު ކުޑަވެ، އިސްރާއީލުގެ %58 ރައްޔިތުން ގަބޫލުކުރާ ގޮތުގައި އޭނާ މަގާމުން ވަކިވާންޖެހެއެވެ. ސަބަބަކީ އީރާނާއި ލުބުނާނާ ގުޅޭގޮތުން އޭނާ ވީ ވައުދުތައް ފުއްދިފައި ނުވުމެވެ.

ލުބުނާނުގެ ސަރުކާރުން ބުނަމުންދަނީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ސީދާ އިސްރާއީލާއެކު ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. މިގޮތުން އަންނަ ހަފުތާގައި ވޮޝިންޓަންގައި ލުބުނާނާއި އިސްރާއީލުގެ މަންދޫބުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ އިރުމަތީ ގުދުސްގައި ހުރި ގްރީކް އޮތޮޑޮކްސް ޗާޗުގެ ބިންތަކެއް އިސްރާއީލުން ގަދަކަމުން އަތުލާފައިވާތީ، ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mfda
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކުރުމާ ގުޅިގެން ސަމާލުވާން އެދިއްޖެ
IMG_7715
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި
IMG_7699
އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި 3 ވަނަ ކުންފުންޏަކަށް އާރްޑީސީ
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!