Wednesday, 9 September 2026
Ads by

އިޒްރޭލާއި ޙިޒްބުﷲ އިން ހަނގުރާމަ ހުއްޓާލުމުގެ ކުއްލި އެއްބަސްވުމަކަށް އަތުވެއްޖެ

އިޒްރޭލާއި ޙިޒްބުﷲ އިން ހަނގުރާމަ ހުއްޓާލުމުގެ ކުއްލި އެއްބަސްވުމަކަށް އަތުވެއްޖެ

އިޒްރޭލުގެ ޙަމަލާއަކަށްފަހު ލުބުނާނުގެ ދެކުނުން ދުން އަރާ މަންޒަރު ލުބުނާނުގެ ކްފަރްތިބްނިތް އިން ފެންނަނީ، 19 ޖޫން 2026. [ރޮއިޓާސް]

އެމެރިކާއާއި އީރާނާ ދެމެދު ވާސައި އެއްބަސްވުން ޤާއިމުކުރިތާ 48 ގަޑިއިރުވެސް ނުވަނީސް، މެދުއިރުމަތީގެ މަޞްލަޙަތު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލި ވަރުގަދަ ލޭއޮހޮރުވުންތަކަށްފަހު، އިޒްރޭލާއި ލެބަނަންގެ ހިޒްބުالله ޖަމާޢަތުން ކުއްލިގޮތަކަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެއެވެ.

Ad Image
Ads by

އެމެރިކާއާއި ޤަތަރު މެދުވެރިވެގެން، އަދި އީރާނުގެ އެހީތެރިކަމާއެކު ޤާއިމުކުރި މި ކުއްލި ސުލްޙައަށް ޢަމަލުކުރަން ފަށާފައިވަނީ މިއަދު ހަވީރު ލޯކަލް ގަޑިން 4:00 ޖެހިއިރުއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ކުރިން ހިންގި ޖަރީމާތައް:

މި އެއްބަސްވުމަށް އާދެވުނީ ރޭގަނޑު ހިންގި ވަރަށް ނުރައްކާތެރި އަސްކަރީ ޙަމަލާތަކަކަށްފަހުއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ދެކުނު ލެބަނަންގެ 80 އަށްވުރެ ގިނަ ސަރަޙައްދަށް ބޮންއަޅައި، 21 އާންމުން (އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް) މަރާލާފައެވެ. މީގެ ބަދަލުގައި ހިޒްބުالله އިން ދިން ރޮކެޓް ޙަމަލާތަކުގައި އިޒްރޭލުގެ 4 އަސްކަރީ ސިފައިން ވަނީ މަރުވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން، އެމެރިކާއާއި އީރާނުގެ ވެރިން މި ހަފްތާ ބަންދުގައި ސްވިޒަލޭންޑްގައި ބާއްވަން އޮތް ބޮޑު ނިއުކްލިއަރ މަޝްވަރާ ބައްދަލުވުން ވަނީ ކުއްލިގޮތަކަށް ފަސްކޮށްފައެވެ.

ޣައްޒާ އެއްކޮށް ބާކީކޮށްލުމުގެ ސިޔާސީ ޙަޤީޤަތް:

ލެބަނަންގެ ޝީޢީ ޖަމާޢަތް (ހިޒްބުالله) ސަލާމަތްކުރުމަށްޓަކައި އެމެރިކާއާއި، އީރާނާއި، ޤަތަރުން ކުއްލި ސިއްރު ޑިޕްލޮމެޓިކް ދޮރުތައް ހުޅުވައި ސުލްޙަ ޤާއިމުކުރިއިރު، ޣައްޒާގެ މުސްލިމުންނަށް އެއްވެސް އަޅާލުމެއް ނެތްކަން މިއަދު ވަނީ މުޅި އުންމަތަށް ސާފުވެފައެވެ. ލުބުނާނު ބޯޑަރުގެ ހަނގުރާމަ ހުއްޓުވުނު ނަމަވެސް، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމުތަކާއި، ކާބޯތަކެތި މަނާކުރުމުގެ ބްލޮކޭޑް ދަނީ އެއްވެސް ހުއްޓުމެއްނެތި ކުރިއަށެވެ. މީގެއިން އެނގެނީ އީރާނާއި ބޮޑެތި ބާރުތަކުން ބަލަނީ ހަމައެކަނި އަމިއްލަ ފިރުޤާގެ މަޞްލަޙަތަށާއި ސިޔާސީ ބާރަށް ކަމެވެ. އަދި ސުންނީ ޖަމާޢަތެއް ކަމަށްވާ ހަމާސްއާއި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ވަނީ މި ބޮޑު ސިޔާސީ ކުޅިގަނޑުގައި އެކަނިވެރިކޮށް، ޤުރުބާންކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި