Saturday, 24 October 2026
Ads by

17 އަތޮޅަކުން 75 ޒުވާނުންނާއެކު ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ގެ ދެވަނަ ކޯސް ފަށައިފި

17 އަތޮޅަކުން 75 ޒުވާނުންނާއެކު ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ގެ ދެވަނަ ކޯސް ފަށައިފި

ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު“ (ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ) ޕްރޮގްރާމްގެ ދެވަނަ ކޯސް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ބުރު އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު އޮތީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ޕްރޮގްރާމަކީ ޒުވާނުންނަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، އަދި ފަންނީ ހުނަރުވެރި ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުގެ އަމާޒަކީ އިހުލާސްތެރި އަދި އަބުރުވެރި، މުޖުތަމަޢަށް ބޭނުންތެރި ޒުވާނުންތަކެއް މި ތަމްރީނުތަކުގެ ތެރެއިން ބިނާކުރުމެވެ.

މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ތަމްރީނަށް ރިޕޯޓްކޮށްފައިވާ މި ކޯހުގެ ދެވަނަ ސީރީޒްގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

ޖުމްލަ 16 ހަފުތާ ނުވަތަ ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި އަމަލީ ގިނަ ހުނަރުތަކެއް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޮޓޯ މޯބައިލް ،އިންޖިނިއަރިންގ .އަދި މެރިން އިންޖިނިއަރިންގ
އިލެކްޓްރީޝަން ،އަދި ރެފްރިޖެރޭޝަން މަސައްކަތް ވެލްޑިންގ ،އަދި މެޓަލް ފެބްރިކޭޝަން އޮފީސް މެނޭޖުމަންޓް ދާއިރާ ހިމެނެއެވެ.

މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) އިން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެކި ފަންނީ ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވައުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް އައުކުރުން ވެސް އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންގެ އަޒުމް އައުކޮށްދެއްވީ މޭޖަރ ހުސައިން ޝާހިދެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
DSC_2131
ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ