Saturday, 24 October 2026
Ads by

މި ރޯދަ މަހު ބިލު ފޮނުވާނީ އާންމު މަސްތަކުގެ އެވްރެޖަށް ވުރެ ބިލު އިތުރު ނުވާނެ ގޮތަށް: އެމްޑަބްލިއުއެސްސީ

މި ރޯދަ މަހު ބިލު ފޮނުވާނީ އާންމު މަސްތަކުގެ އެވްރެޖަށް ވުރެ ބިލު އިތުރު ނުވާނެ ގޮތަށް: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ މި ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ފޮނުވާނީ އާންމު މަސްތަކުގެ އެވްރެޖަށް ވުރެ ބިލު އިތުރު ނުވާނެ ގޮތަށް ކަމަށް - ފޮޓޯ:އެމްޑަބްލިއުއެސްސީ

މި ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ފޮނުވާނީ އާންމު މަސްތަކުގެ އެވްރެޖަށް ވުރެ ބިލު އިތުރު ނުވާނެ ގޮތަށް ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

Ad Image
Ads by

ރަމަޟާން މަހު ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، މިކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި ހުންނަ މިންވަރަށް މި މަހުގެ ފެން ބިލާއި ކަރަންޓު ބިލު ހުންނާނެ ގޮތަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން، އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް މި ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ފޮނުވޭނީ އާންމު މަސްތަކުގެ އެވްރެޖަށް ވުރެ ބިލު އިތުރު ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ. މިގޮތުން ކަސްޓަމަރުންގެ އެވްރެޖް ބިލުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާންމުކޮށް އަހަރުގެ ބިލުތައް ބޮޑުވެގެންދާ ފެބްރުއަރީ، މާރޗް އަދި އެޕްރީލު މި ތިން މަހުގެ ބިލުތައް ނުހިމަނާ ތައްޔާރުކޮށްފައިވާ 2023 ވަނަ އަހަރުގެ އެވްރެޖް ބިލެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ބުނެފައި ވަނީ ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާން މަހުގެ ބިލު އެވްރެޖަށް ވުރެ މަތިވާ ނަމަ ކަސްޓަމަރުން ދައްކާނީ އެވްރެޖް ބިލަށް އަރާ މިންވަރު ކަމަށެވެ. އަދި ރަމަޟާން މަހުގެ ބިލު މި އެވްރެޖް ބިލަށް ވުރެ ކުޑަވާ ނަމަ ކަސްޓަމަރުން ދައްކާނީ ރަމަޟާން މަހުގެ ބިލަށް އެރި މިންވަރު ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

”ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާން މަހުގެ ބިލަށް އަރާ އަދަދާއި 2023 ވަނަ އަހަރުގެ އެވްރެޖް ބިލުގެ މިންވަރާ، މި އެވްރެޖަށް ވުރެ ރަމަޟާން މަހުގެ ބިލު ބޮޑުވާ ނަމަ، ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާކުރެވޭނެއެވެ. އަދި މިހާތަނަށް ރަމަޟާން މަހުގެ ބިލު މި ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލު އިސްވެ ދެންނެވުނު ގޮތަށް އިސްލާހު ކުރުމަށްފަހު އެސްއެމްއެސް ކުރެވޭނެ ވާހަކަ ވެސް ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،“ އެމްޑަބްލިއުއެސްސީން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައިވެއެވެ.

ސަރުކާރުން ދިން ލުޔާ އެކު ލަސްނުކޮށް ރަމަޟާން މަހުގެ ބިލުތައް ދެއްކުމަށް އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރުމުން މި ކަމުގައި އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި