Thursday, 20 March 2025
Ads by

މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިފި

މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިފި

ބީއެމްއެލުން ފޮރިން މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައި - ފޮޓޯ:ބީއެމްއެލް

މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭ ގޮތް މިއަދު ހަމަޖައްސައިފިއެވެ.

Ad Image
Ads by MN Maldives

ބީއެމްއެލުން ބުނީ މި ބަދަލާ އެކު، ކަސްޓަމަރުންނަށް އެ ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

“މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖޭން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާން ޖެހޭ ހިނދު، އެފަރާތްތަކަށް އެހީތެރިވުމުގެ މުހިންމު ކަމަށް ބަލައި ގެނެވުނު ބަދަލެއް. އަދި ހަމައެހެންމެ މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ،” މިއަދު ގެނެވުނު ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުުރުމަށް އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. މިކަން ކުރުމަށް ކެބިނެޓުން ނިންމާފައިވާއިރު، އެންމެ ލަސްވެގެން އަންނަ މެއި މަހުގެ ކުރިން އީ-ވޮލެޓްގެ ހިދުމަތް ތައާރަފުކުރާނެ ކަމަށް މިފަހުން ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ