Wednesday, 9 September 2026
Ads by

އަބްދުއްރަހީމް ނަޝީދަށް: ޕީއެންސީ ބައިބައިކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް، މިތިބީ ބަދަހިކޮށް !

އަބްދުއްރަހީމް ނަޝީދަށް: ޕީއެންސީ ބައިބައިކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް، މިތިބީ ބަދަހިކޮށް !

ޕީއެންސީ ބައިބައިކުރުމުގެ ބޭނުމުގައި ފާޑުފާޑުގެ ވާހަކަތައް ދައްކައިގެން އެ ޕާޓީ ނުގުޑާނެ ކަމަށާއި، މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަބްދުއްރަހީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓަކީ ޕީއެންސީ ބައިބައިވެއްޖެ ކަމަށާއި، މިއީ ރައީސް މުޢިއްޒު ލީޑަޝިޕުން ދުރުކުރަންވީ ވަގުތު ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެކެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށާއި، އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހި ގައުމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ޕީއެންސީ ބައިބައި ކުރާކަށް ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއް ނެތް. ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ. މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ހުއްޓުމެއް ނެތި ރައީސް މުޢިއްޒާއި ގުޅުވައިގެން އެތައް ދޮގު ވާހަކަތަކެއް ދައްކަވައި، ފިތުނަ އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ސަރުކާރު ހިންގާ މައި ޕާޓީގެ ލީޑަޝިޕުން ބުނަމުންދަނީ ޕާޓީގެ އެތެރޭގެ ބަދަހިކަން އެބައޮތް ކަމަށާއި، ރައީސް މުޢިއްޒުގެ ޒައާމަތުގައި ގައުމަށް ތަރައްގީ ގެނައުމުގައި ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި