Wednesday, 9 September 2026
Ads by

އެމްޑީޕީން ހަމަނުޖެހުން ހިންގާނެ ކަމަށް ބެލެވޭތީ މާލޭގެ ބައެއް ސަހަރައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި

އެމްޑީޕީން ހަމަނުޖެހުން ހިންގާނެ ކަމަށް ބެލެވޭތީ މާލޭގެ ބައެއް ސަހަރައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި

އިދިކޮޅު އެމްޑީޕީން ”ވަޒީފާ ބުރާސްފަތި“ ގެ ނަމުގައި މާލޭގައި މިރޭ ބޭއްވުމަށް ނިންމާފައިވާ މުޒާހަރާގައި ހަމަނުޖެހުން ހިންގާފާނެ ކަމަށް ބެލެވޭތީ، މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.

Ad Image
Ads by

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހަވާލުވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، އެމްޑީޕީއަށް ތާއީދުކުރާތީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، މުޅި ރާއްޖޭގައި މުޒާހަރާކުރާނެކަން އިއުލާން ކުރައްވައިފައެވެ. އަދި މި މުޒާހަރާތަކުގައި ސަރުކާރުގެ އިދާރާތައް ހިފާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސަރުކާރަށް އިންޒާރު ވެސް ދެއްވައިފައެވެ.

ސަރުކާރު ހިންގުމަށް ދަތިކުރުމުގެ ގޮތުން ސަރުކާރާ މެދު އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ގޮތަށް ހަގީގަތެއް ނެތް ވާހަކަތައް ފަތުރައި، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއެޅުމުގެެ އިތުރުން ސަރުކާރުގެ އޮފީސްތައް ހިސޯރުކުރާނެކަމުގެ އިންޒާރު ނަޝީދު ދެއްވާފައިވާއިރު، އެމްޑީޕީގެ މިފަދަ ނާތަހުޒީބީ އަމަލުތަކުގައި ޒުވާނުން ބައިވެރިވުމަށް ވެސް ނަޝީދު އަންނަނީ ފާޅުގައި ގޮވާލަމުންނެވެ.

އެމްޑީޕީން މުޒާހަރާކުރާނެ ކަމަށް ބުނެފައިވަނިކޮށް، ފުލުހުން ވަނީ، މިރޭ 20:00 އިން ފެށިގެން 00:00 އާއި ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީން މުޒާހަރާ ފެށުމަށް ނިންމާފައިވަނީ މިރޭ 20:30 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި