Wednesday, 9 September 2026
Ads by

ޤައުމު ބަނގުރޫޓުކުރި މީހުން ފޮރުވަން ނަޝީދު ނުކުމެ ގޮވާލީ، ދަރަނި ކުރި މީހުންގެ ވާހަކަ ނުދައްކަން!

ޤައުމު ބަނގުރޫޓުކުރި މީހުން ފޮރުވަން ނަޝީދު ނުކުމެ ގޮވާލީ، ދަރަނި ކުރި މީހުންގެ ވާހަކަ ނުދައްކަން!

ދިވެހިރާއްޖެ ތާރީޚު ނުދެކޭ މިންވަރަށް ދަރަނިވެރިކޮށް، ގައުމުގެ އިގްތިޞާދު އިނދަޖައްސާލި ބައެއްގެ ވާހަކަ ދެއްކުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށް ބުނެ، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެ ޕާޓީގެ ފޭލްވެފައިވާ ސިޔާސަތުތައް ދިފާއުކުރަން ނުކުމެވަޑައިގެންފިއެވެ.

Ad Image
Ads by

ސަންގު ޓީވީގެ ’ޚަބަރަށްފަހު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ، ރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި ކޮން ބައެއްތޯ ބެލުމަކީ ”އިރެލެވެންޓް“ ނުވަތަ މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވެ، ބޮޑު އިހުމާލުތަކެއް ފޮރުވަން މަސައްކަތް ކުރައްވާފައެވެ. ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިންތިހާއަށް އުފުލިގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ.

އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ދައުލަތުގެ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެކަނިވެސް 60 ބިލިއަން ރުފިޔާއަކީ ނިމިދިޔަ ފަސް އަހަރު ތެރޭގައި އުފެއްދި ދަރަންޏެވެ. ނަމަވެސް، މި ބޮޑު ޖަރީމާގެ ޒިންމާ އުފުލުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ، ”ކާކުތޯ އެކަން ކުރީ، އަޅުގަނޑެއް ނުދަން އެ ބަހުސަކަށް“ ކަމަށެވެ.

ނަޝީދު މި މޭރުމުން ކުރީގެ ވެރިން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި ދިފާއުކުރުމުން މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކަވާ ވާހަކައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ނަޝީދުގެ ސިޔާސަތުތައް ސާފު ކަމަށްވެސް ދަނީ ބުނަމުންނެވެ.

ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެކަން ހައްލުކުރަން މިހާރުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެމްޑީޕީއާއެކު އިށީންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ހެޔޮއެދޭ ކަމަށް ދެއްކެވުމަށް ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ. ”އެމްޑީޕީއަށް ހައްލު ހޯދޭނެ. އަޅުގަނޑަށްވެސް ހައްލު، އެނގޭ“ ކަމަށް ބުނެ ނަޝީދު ވަނީ ގައުމު ބަނގުރޫޓުކޮށްލި ބަޔަކަށް އަލުން ފުރުސަތު ދިނުމަށް ގޮވާލާފައެވެ. ނަޝީދު އެމްޑީޕީއަށް އަލުން ފުރުޞަތުދޭން ގޮވާލި އިރު، އެމްޑީޕީގެ 2 ވެރިކަން ނިމުނުއިރުވެސް އެބުނާ އިސްލާހުތަކެއް ޤައުމާއި ރައްޔިތުންނަށް ގެނެވިފައި ނުވުމުން ގިނަ ބަޔަކު ދަނީ ނަޝީދުއަށް ފާޑުކިޔަމުންނެވެ.

ތަފާސްހިބާތަކަށް ބަލާއިރު:

ރައީސް މައުމޫންގެ 30 އަހަރު: 5.7 ބިލިއަން ރުފިޔާގެ ދަރަނި.
ރައީސް ނަޝީދުގެ 3 އަހަރު: 17.3 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ޖުމްލަ 23 ބިލިއަނަށް އެރި.
ރައީސް ޔާމީންގެ 5 އަހަރު: 22.1 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ޖުމްލަ 45 ބިލިއަނަށް އެރި.
ރައީސް ޞާލިޙްގެ (އެމްޑީޕީ) 5 އަހަރު: 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ޖުމްލަ 126 ބިލިއަނަށް އެރި.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މި ބޮޑު ދަރަނީގެ ތެރެއިން ޤައުމު ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިތުރު ދަރަނި ނުނަގާ ކުރީގެ ވެރިން ނެގި ދަރަނިތައް ޚަލާސްކޮށް، އެމްޑީޕީގެ ސަރުކާރުން ރަހުނު ކޮށްފައިހުރި މުހިންމު ބިނާތައްވެސް ވަނީ ސަލާމަތް ކޮށްދެއްވާފައެވެ.

މީގެ ކުރިން ނަޝީދުވެސް ވަނީ ރައީސް މުޢިއްޒުގެ މި ހަރުދަނާ ފިޔަވަޅުތަކަށް މަރުޙަބާ ވެސް ދަންނަވާފައެވެ.

ޤައުމުގެ އިޤްތިޞާދީ ބިންގާ މުގުރާލައި، ރައްޔިތުން ބޮޑު ދަރަނިވެރިކަމެއްގެ ތެރެއަށް ވައްޓާލި އެމްޑީޕީގެ އިސްވެރިން މިއަދު މަސައްކަތް ކުރަމުންދަނީ އެމީހުންގެ އިހުމާލުތަކުގެ ވާހަކަ ދެއްކުން ހުއްޓުވައި، އޮޅުވާލުންތަކުގެ ތެރެއިން އަލުން ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަފު
އަފު
2 މަސް ކުރިން

ދަރަނީގެ ވާހަކަ ދައްކަން ކަލޭމެން ލަދުގަންނަން ނުޖެހޭތަ? ހަމައިގަ ހުންނަ މީހުން ތިހެނެއް ނޫޅޭނެ ކޮބާ މުލިއާގެއިން ނެރުނީ ރާފުޅިތަޢް

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި