Wednesday, 9 September 2026
Ads by

ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި

ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި

އައްޑޫ ބޭރުގައި ބަނދަރުކޮށްފައިވާ ސަފާރީ ބޯޓުތަކެއް - ފޮޓޯ:އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު

ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޓްރެކިންގ ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

Ad Image
Ads by

ކަސްޓަމްސްއިން ބުނީ އެ އިދާރާގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރާއި އިދާރާގެ ކޮންޓްރޯލުގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް އަމަލު ކުރަން ގާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަން ޖެހޭ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކޮށް، އެ އިދާރާގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ އިދާރާގެ ކޮންޓްރޯލުގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި އިދާރާގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުސޫލެއް 2018 ވަނަ އަހަރު އެކުލަވާލައި އަމަލުކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ އުސޫލަށް ފުރަތަމަ އަމަލުކުރަން ފެށިއިރު ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދުފަހަރާއި އެ އިދާރާއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަން ޖެހޭ ތަނަށް ގެންދިއުމަށް ޓަކައި އެތަކެތި އުފުލާ އުޅަނދުފަހަރުތަކުގައި އުޅަނދުފަހަރު އޮންނަ ތަން އަންގައިދޭ ޓްރެކިންގ ޑިވައިސް ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް މޮނިޓަރކުރަން ފެށި ކަމަށެވެ.

މި އުސޫލަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ގެނެވުނު އިސްލާހަށް މި މަހުގެ 15 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާއިރު، އާ އިސްލާހާ އެކު އިތުރު އުޅަނދުތަކެއްގައި ޓްރެކިންގ ޑިވައިސް ހަރުކުރަން ޖެހޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެއީ:

  • ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު
  • ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު
  • ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު

ކަސްޓަމްސްއިން ބުނި ގޮތުގައި ޓްރެކިންގ ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުފަހަރުތަކުގެ ހަރަކާތްތައް އެ އިދާރާއިން މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައެވެ. އަދި އުސޫލާ ހިލާފުވާ ފަރާތްތަކަށް އެ އިދާރާއިން ދޭ ހިދުމަތްތައް މެދުކަނޑާލައި ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި