Saturday, 24 October 2026
Ads by

މިތިބީ ގެއަށް ވަންނާކަށް ނޫން، މި ނުކުންނަނީ ވެރިކަން ވައްޓާލަން: އެމްޑީޕީ

މިތިބީ ގެއަށް ވަންނާކަށް ނޫން، މި ނުކުންނަނީ ވެރިކަން ވައްޓާލަން: އެމްޑީޕީ

ޤައުމުގެ ހަމަޖެހުން ނަގާލައި، ރައްޔިތުން އިންތިޚާބުކޮށްފައިވާ ގާނޫނީ ސަރުކާރު ބަދަލުކުރުމުގެ ނިޔަތުގައި އިދިކޮޅު އެމްޑީޕީން އެ ޕާޓީގެ ޗެއާޕާރސަން މުޙައްމަދު ނަޝީދު (އަންނި) އިސްވެ ހުރެ މިރޭ މާލޭގެ މަގުމަތީގައި ބާއްވާ ”ބޮޑު ބުރާސްފަތި“ މުޒާހަރާއަކީ މި ވެރިކަން ބަދަލުކުރުމަށް ފެށި މަސައްކަތެއް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

Ad Image
Ads by

މި މުޒާހަރާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވީ، މިރޭ މަގުމައްޗަށް ނުކުންނަނީ އެނބުރި ގެއަށް ވަންނާކަށް ނޫން ކަމަށާއި، މި ފެށި މަސައްކަތް ނިންމާނީ މި ވެރިކަން ބަދަލުކޮށްފައި ކަމަށެވެ. މިއީ ޤައުމުގެ މަސްލަހަތު ގެއްލޭ ފަދަ ނުރައްކާތެރި ރޫހެއްގައި ފަށާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

”އަޅުގަނޑުމެން މި ނުކުތީ ދެނެއް ނުވެއް ވަންނާނަން.. މިތިބީ ގެއަށް ވަންނާކަށް ނޫން.. މި ފެށި މަސައްކަތް ނިންމާނީ ކޮޅެއްގަ ޖައްސާފަ.. މާނައަކީ މިވެރިކަން ބަދަލުކޮށްފައޭ..“ ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ އިތުބާރު އޮތް ސަރުކާރެއް ނޫންކަން ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކަށް އެނގޭ ކަމަށެވެ. އަދި ފުލުހުންނަށް އަމުރު ކުރިޔަސް، ރައްޔިތުންގެ ފިކުރާ ދެކޮޅަށް އެކަންކަން ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ފުލުހުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

”ފުލުހުންގެ ތާއީދެއް މި ސަރުކާރަކަށް ނެތް. އަޅުގަނޑުމެންނަށް ޔަގީންވަނީ ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށް،“ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅޭ ފަދަ މޭރުމަކުން ޔައުޤޫބު ވިދާޅުވިއެވެ.

މީގެ އިތުރުން، 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަކީ ”މުޒާހަރާ ޤާނޫނުއަސާސީ“ އެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިވަގުތު އޮތް ހަމައެކަނި ހައްލަކީ މަގުމަތި ކަމަށާއި، މަގުމަތިން މި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.

އެމްޑީޕީން މިފަދަ ހަރުކަށި ރޫހެއްގައި ޤައުމު ހަލަބޮލިކުރަން ނުކުންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި، ސިޔާސީ ބޭނުމަކަށްޓަކައި ޤައުމުގެ އަމާންކަން ނަގާލުމަށް އެމްޑީޕީން ކުރާ މިފަދަ މަސައްކަތްތަކަކީ ޑިމޮކްރެސީގެ ރޫހާ ޚިލާފު، ޒިންމާދާރުކަން ކުޑަ އަމަލުތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ސުހާދު
ސުހާދު
4 މަސް ކުރިން

ޔަޢުޤޫބު ގޮރު ހަނޑާބަލަ.

ކަނިސަ
ކަނިސަ
4 މަސް ކުރިން

އެމްޑީޕީ ވެރިކަމުގައި ވެސް މަގު މަތީގައި އިދިކޮޅުގެ ވެެރިކަމުގައި ވެސް މަގު މަތީގައި އާކަމެއް ނޫން ދޮއްތަ އަންނިގެ ވެރިކަމުގައި ރީކޯ މޫސަމެން މަގުމަތީގައި ކޯޓުހަދައި ބައެއްމީސްމީހުންގެ ގެދޮރު ނަގަންވެސް ހުކުމް ކޮޢްފަވޭ އެހެންވީމަ ތިޔަބައިގަނޑު މަގު މަތީގައި ވައްވައް ޖެހުމަކީ ދިވެހިންނަޢް އާކަމެއް ނޫން.

Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި