ވިލާ ކޮލެޖްގެ ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑީންސް އެވޯޑް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާކެޓިންގ އެންޑް ޕީއާރު ޑިރެކްޓަރު މަލްޝާ ޝަރީފް ހާސިލްކޮށްފިއެވެ.
މަލްޝާ މި އެވޯޑް ހާސިލްކޮށްފައިވަނީ ވިލާ ކޮލެޖާއި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދިޔަ ”މާސްޓަރ އޮފް ކޮމިއުނިކޭޝަން“ ކޯހުންނެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް މި ދާއިރާއިން މީހުން ބިނާކުރުމަށް ފެށި ކޯހެކެވެ. ކޮމިއުނިކޭޝަން ދާއިރާއިން ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ފަރާތްތަކުގެ އަދަދު ނިސްބަތުން މަދެވެ.
Alhamdulillah. Honored to have received the Dean’s List recognition and Dean’s Award for my Master’s degree.
Villa College will always hold a special place in my heart. My journey with the college has been truly pivotal. From 2014 until now, it has contributed immensely to my… pic.twitter.com/0SGhWulQrs
— Malsha (@malshasharyf) June 17, 2026
ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ ޑީންސް ލިސްޓަކީ ކޮންމެ ސެމިސްޓަރއެއް ނިމޭއިރު، ކިޔެވުމުގައި ފާހަގަކޮށްލެވޭ ފަދަ މަތީ ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ދެވޭ ޝަރަފެއްކަމެވެ. މި ލިސްޓުން ޖާގަ ލިބެނީ ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަން ފެންވަރުގެ އެވްރެޖް ނަތީޖާއެއް ހޯދާ ދަރިވަރުންނަށެވެ.
އަދި ޑީންސް އެވޯޑަކީ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެ ދަރިވަރަކު ފުރިހަމަކުރި ޕްރޮގްރާމުން އެންމެ މަތީ ނަތީޖާ ހޯދާ، އަދި ކޮލެޖުގެ ”ޕޮލިސީ އޮން ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް“ ގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ދަރިވަރުންނަށް އަރުވާ އެވޯޑެކެވެ.
މަލްޝާ ވަނީ، މި ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް އެކި ގޮތްގޮތުން އޭނާއަށް އެހީތެރިކަމާއި ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ކާމިޔާބީއަކީ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާއެކު ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށް މަލްޝާ ވަނީ ބުނެފައެވެ.










