Sunday, 25 October 2026
Ads by

އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ހުރި ހުރިހާ ކަމެއް ފަސޭހަވާނެ: ޚުޠުބާ

އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ހުރި ހުރިހާ ކަމެއް ފަސޭހަވާނެ: ޚުޠުބާ

އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެން ހުރި ހުރިހާ ކަމެއް ފަސޭހަ ވާނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެން ހުރި ހުރިހާ ކަމެއް ފަސޭހަ ވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ކާމިޔާބީތަކެއްގެ ސިއްރުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށެވެ. މި މަހުގައި މާތް ﷲ އިސްލާމީ އުންމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަޞްރު ކަަމަށެވެ. އެ ދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަސް ކަމަށެވެ. އިސްލާމީ ތާރީޚުން ފާހަގަކޮށްލެވޭ ”يَوْمُ الۡفُرۡقَان“ ކަމަށެވެ.

ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅުކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައި ވަނީ މާތް ނަބިއްޔާ ﷺ އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވި ކަމަށެވެ.

މިއަދުގެ ޚުޠުބާގައި ބުނި ގޮތުގައި ބަދުރު ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ މަޝްވަރާ ކުރުމުގެ މަތިވެރި ފިލާވަޅު ކަމުގައެވެ. ރަސޫލު ﷲ ﷺ ގެ މައްޗަށް ވަޙީބާވާލައްވަމުން ދިޔައިރުވެސް، އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ، އެކަލޭގެފާނަކީ އަމިއްލަ ރައުޔަށް ކަންކަން ކުރައްވާ ބޭކަލެއް ނޫން ކަމުގައެވެ. މީސްތަކުންނަށް ޢަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނު ކަމުގައެވެ.

މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެން ހުރި ހުރިހާ ކަމެއް ފަސޭހަ ވާނެ ކަމަށެވެ. ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާ، އަޚުން އަޚުންނާ، ގާތްތިމާގެ މީހުން ގާތްތިމާގެ މީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރި ކަމަށެވެ.

މުސްލިމް އަޚުންނޭވެ! ނިކަން ވިސްނާށެވެ! މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުއްޓެވެ. ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ނިކަން ދެކޭށެވެ! ހެއްދެވި ފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން ޢިބުރަތް ލިބިގަންނާށެވެ! މުސްލިމުންގެ މޮޓޯއަކީ ހަމަ އެއް މޮޓޯއެކެވެ! ”މާތް ﷲ ގެ މަގުގައި ޝަހީދުވުން ނުވަތަ ނަޞްރު ލިބުމެވެ.“

ރަމަޟާން މަހުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ މި މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަޙަކުރެއްވުމުގެ ކާމިޔާބީ ކަމަށް ހުކުރު ޚުޠުބާގައި ފާހަގަކުރިއެވެ. ޚުޠުބާގައި ބުނީ މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާ އެކު ގިނިކަންޏާ ކަމަށެވެ. ނަމަވެސް މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަސްޙާބު ބޭކަލުންނާއިގެން ކަމަށެވެ.

މި މައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތު ކަމަށެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތު ކަމަށެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮ ކަމަށް ވުރެ ބޮޑު ކަމަށެވެ.

ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެން ހީނުވާ ކަން ފާހަގަކޮށް މިއަދުގެ ޚުޠުބާގައި ބުނި ގޮތުގައި މިހާރު މި ވަނީ ނިމުަމަކާ ގާތްވެފައި ކަމުގައެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރަން ޚުޠުބާގައި ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި