Wednesday, 9 September 2026
Ads by

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އަލަށް ހުޅުވި ބީއެމްއެލްގެ އޭޓީއެމް ސެންޓަރުން ޚިދުމަތް ހޯދަނީ... ފޮޓޯ | ބީއެމްއެލް

ފުވައްމުލަކު ސިޓީގެ އެއާޕޯޓް ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ އެ ސިޓީގައި ގާއިމުކުރެވުނު ބީއެމްއެލްގެ 4 ވަނަ އޭޓީއެމްއެވެ.

Ad Image
Ads by

ފުވައްމުލަކުގައި މިދިޔަ އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފުކޮށްފައިވާއިރު، އަލަށް ހުޅުވުނު މި ސެންޓަރާއެކު އެ ސިޓީގެ ރައްޔިތުންނަށާއި އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމަކީ މި ފަދަ ސެންޓަރުތަކުގެ ބޭނުންތެރިކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި މަޝްރޫއުގެ ދަށުން، އެންމެ 9 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ވަނީ އޭޓީއެމް ގާއިމުކޮށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 70 ރަށެއްގައި ވަނީ ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމާފައެވެ.

ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފަހުން ވޭތުވެދިޔަ ހަފްތާތަކުގައި 70 ރަށެއްގައި ޑޮލަރު އޭޓީއެމް، 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމްގެ އިތުރުން 6 ރަށެއްގައި ބީއެމްއެލްގެ ބްރާންޗްތައް ވަނީ ގާއިމުކޮށްފައެވެ. މިއީ މީގެކުރިން ރާއްޖޭގެ ބޭންކިންގ ތާރީޚުގައިވެސް މިހާ އަވަސް މިނެއްގައި ޚިދުމަތް ފުޅާކުރެވުނު ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު