Saturday, 24 October 2026
Ads by

ފަލަސްތީނުގެ ބިންތަކުގައި އިޒުރޭލުން ހިންގާ ޖަރީމާތަކަށް އެ ގައުމު ޖަވާބުދާރީކުރުވަން ރާއްޖެއިން ގޮވާލައިފި

ފަލަސްތީނުގެ ބިންތަކުގައި އިޒުރޭލުން ހިންގާ ޖަރީމާތަކަށް އެ ގައުމު ޖަވާބުދާރީކުރުވަން ރާއްޖެއިން ގޮވާލައިފި

ޑރ. ސަލްމާ ރާއްޖޭގެ ބަޔާން އިއްވަވަނީ---

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ނިރުބަވެރި އަމަލުތަކަށް އެބައިމީހުން ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން މިއަދު ގޮވާލައިފިއެވެ.

Ad Image
Ads by

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ސެޝަނުގެ ތެރެއިން، ފަލަސްތީނުގެ މައްސަލަތައް ދިރާސާކުރާ މިނިވަން ބައިނަލްއަގުވާމީ ”ކޮމިޝަން އޮފް އިންކުއަރީ“ އާއެކު ބޭއްވުނު މުހިންމު ބަހުސްގައި، ދިވެހިރާއްޖޭގެ ފަރާތުން މިކަމާ ގުޅޭ ބަޔާން އިއްވަވައިދެއްވީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

މި ބަޔާނުގައި، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަސްކަރީ އުދުވާންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެ ފަރާތުން ކުރިމަތިކުރާ ހުރަސްތައް ދިވެހި ސަރުކާރުގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކަށް ޔަހޫދީ ދައުލަތުން ފުރިހަމައަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އާންމުން ދިރިއުޅޭ ތަންތަނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން، އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ބާރުއަޅައިފައެވެ.

ޔަހޫދީ ދައުލަތުން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވަމުންދާއިރު، އެއްވެސް ޒިންމާދާރުކުރުވުމެއް ނެތި އަމަލުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފަހިވާނެ މާހައުލެއް ބިނާކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަމުން ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ވެސް ގޮވާލައިފައެވެ.

ބަޔާން ނިންމާލަމުން، ޔަހޫދީންގެ ޣައިރު ގާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި