Ads by
ދީން
ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކުރުން: ހުތުބާ 

ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކުރުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Eki Online

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހަކީ އެދުވަހެއްގެ ދުޢާ އިޖާބަ ކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެއް ކަމަށާއި އެ ވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާސަށް ފަހު އިރު އޮއްސުމާ ދެމެދުގެ ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތުކޮޅެއް ކަމުގައި އައިސްފައިވާ ކަމަށެވެ.

އަދި ހުކުރު ދުވަހު ދެވޭ ހުކުރު ހުތުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމަށާއި ހުތުބާއާއި ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި މުޖްތަމައު ތެރޭގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް ބުނެދޭ ކަމަށާއި އެއީ މުސްލިމް މުޖްތަމަޢުގެ ދިރުން ކަަމަށް ބުންޏެވެ.

މީގެ އިތުރުން ހުކުރު ހުތުބާއަކީ މިފަދަ މުހިންމު އެއްޗަކަށް ވީހިނދު އެ ހުތުބާއަށް ކަނުލައި އަޑުއެހުމަށް ރަސޫލާ އިންލާމީ އިންމަތަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި ހުތުބާ ކިޔަންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *