Saturday, 24 October 2026
Ads by

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލެއަށް!

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލެއަށް!

މާލެ ޓެކްސީގެ ޓެކްސީއެއް---

މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ ”މާލެ ޓެކްސީ“ ލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

Ad Image
Ads by

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުމަށްޓަކައި ވަމުންއަންނަ އެންމެފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ވިލިމާލެއަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ހިދުމަތް ފެށުމަށް ބޭނުންވާ އިންތިޒާމުތަކާއި، ވިލިމާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

”މާލެ ޓެކްސީ“ ގެ ނަމުގައި އެމްޓީސީސީން ޓެކްސީގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހިދުމަތް ތައާރަފުކުރުމަށްފަހު ދުވަސްކޮޅަކަށް ރައްޔިތުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދަތުރުތަކަށް އަގު ނަގަން ވަނީ ފަށައިފައެވެ.

ޖުމުލަ 150 ކާރާއެކު ފެށި މި ހިދުމަތަކީ 24 ގަޑިއިރު ދެމުން އަންނަ ހިދުމަތެކެވެ.

 

ސަރުކާރުން އަންނަނީ ޓެކްސީގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ޓެކްސީގެ ނަމުގައި މޯބައިލް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގައި ވެސް މި ހިދުމަތް ފެށުމަށް ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި