Wednesday, 9 September 2026
Ads by

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަން ކުރަން އެމްއައިޑީ އާއި ސީއެޗްއީސީ އާއެކު އޭއީޒެޑްއެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:އެސްޓީއޯ

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާއެކު ރާއްޖޭގައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.

އެމްއައިޑީގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަަމަށެވެ. މި އެމްއޯޔޫ އާއި މީގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެން ދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި އިގުތިސޯދު ސިންދަފާތުކުރުމާއި އިމްޕޯޓުކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް ލިބޭނެ މުހިންމު ކުރިއެރުމެއް ކަމަށް އެމްއައިޑީން ބުނެއެވެ.

އެމްއައިޑީން ބުނެފައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، އެކަމުގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރު ކަަމަށެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 އިންސައްތައަކީ އިމްޕޯޓުކަމަށްވާއިރު، އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ.

އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައް ވެސް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދާކަން ފާހަގަކޮށް އެ ކުންފުނިން ބުނި ގޮތުގައި ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރި ކަމުގައި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުގެ ސަބަބުން ކަމުގައެވެ.

”ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައެއްނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައި ވަނީ ރާއްޖޭގެ ޖީޑީޕީގެ ދެ އިންސައްތައަށްވުރެ ވެސް މަދު އަދަދެކެވެ. ދަނޑުވެރިކަން ކުރިއެރުން މަޑު ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އުފެއްދުންތެރިކަމާއި މާކެޓް ނިޒާމުތައް ބަލިކަށިކަމުންނެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އިގުތިސޯދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލްއަގުވާމީ ކާރިސާތަކާއި ސަޕްލައިއަށް އަންނަ ހުރަސްތަކާއި ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާ ބަރޯސާވެފައިވާ ރާއްޖެއަށް ހުރި ނުރައްކާތައް އިތުރަށް ސާފުވެގެން ދިޔައެވެ،“ އެމްއައިޑީގެ ބަޔާނުގައިވެއެވެ.

އެމްއައިޑީން ބުނީ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ މުހިންމު ފެށުމެއް ކަމަށެވެ. މި މަސައްކަތް ފަށާފައި ވަނީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އޭއީޒެޑްއަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެއް ކަމަށާއި ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ތާރީހަށް ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓު އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭއީޒެޑް މަޝްރޫއުގެ ތަފްސީލު:

  • ބިން ހިއްކުން
  • ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން
  • ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްގީކުރުން
  • ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ހެދުން
  • މި މަޝްރޫއާ އެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް ހުންނާނެ
  • އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް ހުންނާނެ
  • އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް, ލޮޖިސްޓިކްސް, ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމްކުރެވިގެންދާނެ

އޭއީޒެޑް އާއެކު، ދަނޑުވެރިންނާއި ޕްރޮސެސްކުރާ ފަރާތްތަކާ އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާ އެކު ވަށާ ޖެހޭ ހައްލެއް އެއް ތަނަކުން ލިބިގެންދާނެ ކަމަށް ވެސް އެމްއައިޑީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި