Saturday, 24 October 2026
Ads by

28 އަހަރަށްފަހު ވޯލްޑްކަޕްގެ ފުރަތަމަ މެޗުން ނޯވޭއަށް މޮޅެއް

28 އަހަރަށްފަހު ވޯލްޑްކަޕްގެ ފުރަތަމަ މެޗުން ނޯވޭއަށް މޮޅެއް

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް 'އައި' (I) ގެ މެޗެއްގައި، އިރާގުގެ ޒައިދު ތަހުސީންގެ ހުރަސްތަކާ އެކުވެސް އާލިން ހާލަންޑް (ވައަތްފަރާތުގައި) ބޯޅަ ކޮންޓްރޯލް ކުރަނީ. | ފޮޓޯ: ގެޓީ އިމޭޖަސް

28 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ނޯވޭ މޮޅުވެއްޖެއެވެ. ބޮސްޓަންގައި ކުޅުނު ގްރޫޕް ’އައި‘ ގެ މި މެޗުން ނޯވޭ މޮޅުވީ އިރާގާ ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ.

Ad Image
Ads by

މި މެޗުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ. މި ލަނޑުތަކާއެކު ހާލަންޑް ވަނީ ގައުމީ ޓީމަށް ކުޅުނު 51 މެޗުން 57 ލަނޑު ހަމަކޮށްފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ހާލަންޑް ނޯވޭއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ 10 މިނެޓު ފަހުން އިރާގުގެ އައިމަން ހުސައިން ބޮލުން ޖެހި ލަނޑަކުން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިރާގުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހާލަންޑް ވަނީ ނޯވޭއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

ނޯވޭގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިއޯ އޮސްޓިގާޑެވެ. އޭނާ މި ލަނޑު ޖެހީ ކެޕްޓަން މާޓިން އޮޑެގާޑް ނެގި ކޯނަރަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނޯވޭގެ ހަތަރުވަނަ ލަނޑަކީ އިރާގުގެ އައިމަން ހުސައިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މޮޅާއެކު ނޯވޭ އޮތީ ގްރޫޕް ’އައި‘ ގެ އެއްވަނައިގައެވެ. އެ ޓީމާ އެއްވަރަށް ތިން ޕޮއިންޓާއެކު ފްރާންސް އޮތް ނަމަވެސް، ނޯވޭއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ފްރާންސް ވަނީ އެ ދުވަހުގެ ކުރީކޮޅު ކުޅުނު މެޗުގައި ސެނެގާލް އަތުން 3-1 އިން މޮޅުވެފައެވެ.

އިރާގު މި މުބާރާތަށް ކޮލިފައިވީ ވަރަށް ދިގު ދަތުރަކަށްފަހުއެވެ. އެ ޓީމުން 21 މެޗު ކުޅެ، 867 ދުވަސް ހޭދަކުރިއެވެ. މިއީ 1986 ވަނަ އަހަރަށްފަހު އިރާގުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ނޯވޭ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 1998 ވަނަ އަހަރެވެ. އެ ފަހަރުގެ ޓީމުގައި މިހާރުގެ ކޯޗު ސްޓޭލް ސޯލްބަކަން ކުޅުންތެރިއެއްގެ ގޮތުގައި ހިމެނުނެވެ. ނޯވޭގެ ދެން އޮތް މެޗުގައި ޖޫން 22 ވަނަ ދުވަހު ނިއު ޖާޒީގައި ބައްދަލުކުރާނީ ސެނެގާލްއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި