Wednesday, 9 September 2026
Ads by

މާލެއިން އަލަށް ފެނުނު ކޭސްތަކާއެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރައިފި

މާލެއިން އަލަށް ފެނުނު ކޭސްތަކާއެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރައިފި

މާލެ ސަރަޙައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނި، މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 20 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި އަލަށް ފެނުނު ކޭސްތަކާއެކު ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މި ބަލި ޖެހުނު ފަރާތްތަކާ ގާތުން ބައްދަލުވި (ކޮންޓެކްޓްވި) 489 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން ބަލީގެ ނުރައްކާ އޮތް 88 އެކްޓިވް ކޮންޓެކްޓުން އެޗްޕީއޭއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ސަވައިލެންސްގެ މަސައްކަތް ހަރުދަނާކޮށް، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ވަނީ ޤާއިމުކޮށްފައެވެ. މިއީ ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މީގެއިތުރުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ވެކްސިން ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ޞިއްޙީ ޚިދުމަތްތެރިންނަށް ވެސް ވަނީ ވެކްސިން ދީފައެވެ. އެޗްޕީއޭއިން ވިދާޅުވީ، މި ކެމްޕޭނުގެ އިސްކަންދޭ ގުރޫޕްތަކަކީ ޞިއްޙީ ޚިދުމަތްތެރިންނާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ކުދިން ކަމަށެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ޢަލާމާތްތަކަކީ އާންމު ހުމުގެ އަލާމާތްތަކާއެކު ހަށިގަނޑުގައި ރަތް ކުދި ބިހިތަކެއް ނެގުމެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 4 ދުވަހާއި، އޭގެ ފަހު 4 ދުވަހަކީ އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު މުއްދަތެވެ.

އެހެންކަމުން، މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި